ކުރެއްދޫ ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެއްޖެ

ކުރެއްދޫ އައިލެންޑް ރިސޯޓު --

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އިނގެރޭސިވިލާތަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގުމުން ރިސޯޓު މެނޭޖްމަންޓުން އެ އަންހެން މީހާ ސީޕްލޭނެއްގައި މާލެ ގެނެސްފައިވަނީ ފުލުހުންނަށް އެންގުމަކާ ނުލާ ކަމަށެވެ.

ފަތުރުވެރިޔާ ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ހޮސްޕިޓަލަށް އަންހެން މީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް