ފުޓްރެސްޓްގެ އެމްބެސެޑަރަކަށް މައިޝާ

ފުޓްރެސްޓުގެ އެމްބެސެޑަރު މައީޝާ -- ފޮޓޯ: ފުޓްރެސްޓް

ފައިތިލައިގެ މަސާޖުތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހިންގާ ފުޓްރެސްޓުގެ އެމްބެސެޑަރަކަށް ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ (ރާޅު މަރިޔަނބު) ހަމަޖައްސައިފިއެވެ.

ފުޓްރެސްޓުގެ އެމްބެސެޑަރަކަށް މައިޝާ ހަމަޖެއްސުމަށް އިއްޔެ ބޭއްވި ސޮއިކުރުމުގެ ހަފްލާގައި މައިޝާ ވަނީ ރީތި ލަވަތަކެއްވެސް ހުށަހަޅައިދީފައެވެ. މީގެ އިތުރުން ފުޓްރެސްޓުގެ ގިފްޓު ވައުޗަރުވެސް އިއްޔެ ވަނީ ލޯންޗު ކޮށްފައެވެ. ގިފްޓު ވައުޗަރުތަކުގެ ތެރޭގައި ހިމެނެނީ 300 ރުފިޔާ އާއި 600 ރުފިޔާ އަދި 800 ރުފިޔާގެ ގިފްޓް ވައުޗަރެވެ.

ފުޓްރެސްޓުގެ އެމްބެސެޑަރަކަށް މައިޝާ ހަމަޖެއްސުން -- ފޮޓޯ: ފުޓްރެސްޓް

މިއީ އެކި މުނާސަބަތުތަކުގައި ގާތް މީހަކަށް ހަދިޔާކޮށްލެވޭނެ ގޮތަށް ޑިޒައިންކޮށް ތައާރަފުކުރ ވައުޗަރުތަކެކެވެ.

މީގެ އިތުރުން ފުޓްރެސްޓުގެ ލޯޔަލިޓީ ކާޑުވެސް އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި ކާޑަކީ ފުޓްރެސްޓުގެ ފަސް ހިދުމަތެއް ހޯދުމުން ލިބޭ ކާޑެކެވެ. ފަސް ހިދުމަތް ހޯދުމުން ކަސްޓަމަރަށް ފްރީ އެޑް އޮން އެއް ލިބޭނެއެވެ. 10 ހިދުމަތް ހޯދުމުން އެއް ހިދުމަތް ހިލޭ ލިބޭނެއެވެ.

ފުޓްރެސްޓަކީ ބިޒީ ޝެޑިއުލްތަކުގައި މަސައްކަތްކުރާ މީހުންގެ ސިކުނޑިއަށް ލުޔެއް ހޯދައިދީ ހިތްހަމަޖެހޭ މާހައުލެއްގައި އަރާމު ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދޭ ތަނެކެވެ.

https://www.facebook.com/footrestmv/

ފުޓްރެސްޓުންދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޭސްބުކް އަދި އިންސްޓަގްރާމުން ލިބޭނެއެވެ. އެޕޮއިންޓްމެންޓް ހެއްދުންވެސް ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް