ސޭންޑްވިޗާއި މީރު ކެއުންތަކާއެކު ހައުސް އީޓަރީ ހުޅުވައިފި

ހައުސް އީޓަރީގެ ކެއުމެއް -- ފޮޓޯ: ފޭސްބުކް

ސޭންޑްވިޗަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހިންގާ ހައުސް ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

"ހައުސް އީޓަރީ" ގެ ނަމުގައި އަސްރަފީ މަގުގައި ރޭ ހުޅުވި އެ ރެސްޓޯރެންޓަކީ ހަމައެކަނި ސޭންޑްވިޗަށް ހާއްސަ ރެސްޓޯރެންޓެއް ނޫނެވެ. ހިތްގައިމު މާހައުލެއްގައި މީރު ކެއުންތަކަށްވެސް އިންސާފު ކޮށްލަންވީއެވެ.

ހައުސް އީޓަރީ އިން ކުޅި އަދި ފޮނި ރަހައިގެ ސޭންޑްވިޗާއި ތަފާތު ވައްތަރުގެ ޕާސްޓާ، ޗީޒް ސްޓޭކް އަދި ހެލްތީ އޯޓް މީލްސް ތައްވެސް ލިބޭނެއެވެ. ހައުސް އީޓަރީގެ މެނޫ އިތުރަށް ފުރިހަމަކޮށްދެނީ ތަފާތު ސީފުޑް ކެއުންތަކުންނެވެ. އެގޮތުން އިހި، ކަކުނި، ޕްރޯންސް ފަދަ ސީފުޑްގެ ކެއުންތައް މިތަނުން ލިބޭނެއެވެ.

މިއީ ސީފުޑަށް ލޯބިކުރާ މީހުންގެ ފުރަތަމަ ޗޮއިސް އަކަށް ކުރިއަށް އޮތްތަނުގައި ވާނެއެވެ.

ހައުސް އީީޓަރީގެ ވެރިޔާ އިންފާޒު ފާއިޒު ބުނީ ހައުސް އީޓަރީ އަކީ ސީފުޑަށް ހާއްސަ ތަނެއް ކަމަށާއި ހައުސްގެ ޑަމްޕްލިންގްސް އަދި ބާގާ އަށް ހާއްސަ އައުޓްލެޓެއް ކުރިއަށް އޮތްތަނުގައި ހުޅުވާނެ ކަމަށެވެ.

ހައުސްގެ މެނޭޖުމެންޓުން ހުޅުމާލޭގައި ސްޓީކް އެންޑް ކޮފީ ބާ އަކީވެސް މަގުބޫލު ރެސްޓޯރެންޓެކެވެ.

comment ކޮމެންޓް