މުދާއުފުލާ ގަޑިތަކަށް ބަދަލުގެނައުމުން މުދާ ކްލިޔާކުރާ ގަޑިތައް ބަދަލުކޮށްފި

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

މާލޭގެ މަގުތަކުގައި މުދާ އުފުލޭ ވަގުތުތަކަށް ބަދަލު ގެނައުމުން ވިޔަފާރި ބަނދަރުން މުދާ ކްލިޔާ ކުރާ ވަގުތުތަކަށް އެމްޕީއެލްއިން ބަދަލު ގެނެސްފި އެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ކަނޑުމަގުން ކްލިޔާ ކުރެވެ މުދަލުގެ ޑެލިވަރީ އޯޑަރު ނޯޓުކުރާނީ ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު އަށަކުން ރޭގަނޑު 10:30 އަށް ކަމަށެވެ.

އެއްގަމުން ކްލިޔާ ކުރާ މުދާ (ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯގެ) ޑެލިވަރީ އޯޑަރު ނޯޓުކުރާނީ ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 08:00 އިން 11:15 އަށް އަދި މެންދުރު ފަހު 13:00 އިން 14:00 އަށް، ހަވީރު 16:00 ން 19:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް އަދި 23:30 ން 00:00 އަށް ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ކޮންޓެއިނަރައިޒް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް ފަދަ ވެހިކަލްތައް އެމްޕީއެލް ސަރަހައްދަށް ވައްދާނީ ހެނދުނު 8:15 އިން 10:00 އަށް ކަމަށާއި މެންދުރު ފަހު 13:15 އިން ފެށިގެން މަސައްކަތް ނިމެންދެން އަނެއް ދުވަހުގެ ފަތިހު 03:30 އަށް ވެހިކަލް ވެއްދޭނެ ކަމަށް ވެސް އެމްޕީއެލްގެ އިއުލާނުގައި ވެއެވެ.

ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއާކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 11:30 އަށް އަދި މެންދުރު ފަހު 13:30 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 05:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މި ބަދަލާއެކު ހުކުރު ދުވަހު މުދާ ކްލިޔާ ކުރާނެ ގަޑިތައްވެސް އެމްޕީއެލް އިން ވަނި އާންމުކޮށްފައެވެ.

  • ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރު ނޯޓުކުރާނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 22:00 އަށް.
  • ކޮންޓެއިނަރައިޒް އާއި ޖެނެރަލްކާގޯގެ މުދަލުގެ ޑެލިވެރީ އޯޑަރު ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 22:00 އަށް
  • ދޯނިފަހަރަށް ބަރުކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީ ހަވީރު 15:45 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 07:00 އަށް
  • ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާނީ 15:45 ގައި
  • ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއާކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 15:45 އިން ފެށިގެން ފަތިހު 03:30 އަށް

https://sun.mv/121740

comment ކޮމެންޓް