ޖެކަލީންގެ އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓް ކޮށްފި

ޖެކަލީން ފާނަންޑޭޒް----

މަޝްހޫރު ބަތަލާ ޖެކަލީން ފެނާންޑޭޒްގެ އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓްކޮށްފި އެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި ޖެކަލީން އޭނާގެ އެކައުންޓް ޕްރައިވެޓް ކޮށްފައި ވަނީ އޭނާގެ ފޮލޯވަސް 30 މިލިއަނަށް އެރުމުން ކަމަށެވެ. އޭނާ އިންސްޓަގްރާމް އައިޑީ ޕްރައިވެޓްކޮށްފައި ވަނީ ނެޓްފްލިކްސްގެ "ސްޓްރޭންޖާ ތިންގްސް 3" ބަލައި ފޮޓޯއެއް ވެސް ޕޯސްޓްކުރުމަށްފަހު އެވެ.

ޖެކަލީން ފާނަންޑޭޒް ވަނީ އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓް ކޮށްފައި----

ޖެކަލީން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ ކުޑަ ދުވަސްކޮޅަކަސް "ބްރޭކް" އެއް ނަގާ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަލްމާން ހާންގެ "ރޭސް 3"އިންނެވެ.

comment ކޮމެންޓް