އުރީދޫ އެމް-ފައިސާ ޚިދުމަތަށް މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަންގެ އެވޯޑު

ޓެލެކޮމް އޭޝިއާ 2019ގައި އުރީދޫގެ ކުރިއަރަމުން އަންނަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސާވިސްގެ އެވޯޑު ދެނީ

ޓެލެކޮމް އޭޝިއާ 2019ގައި އުރީދޫގެ ކުރިއަރަމުން އަންނަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސާވިސްގެ އެވޯޑު ލިބިއްޖެއެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ފައިސާ ޖަމާކުރުން، ފައިސާ ނެގުން، އެހެން ބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރުން އަދި ވިޔަފާރިތަކަށް ފައިސާ ދެއްކުންފަދަ ފައިސާގެ މުއާމަލާތްތައް ފަސޭހަ ކަމާއި އެކު ކުރުމަށް ފަހިކޮށްދޭ ޚިދުމަތެކެވެ. ހަމައެހެންމެ، އެއް ޕްލެޓްފޯމެއްގެ ތެރޭގައި، ރާއްޖޭ އެންމެ ގިނަ ޚިދުމަތްތަކަށް ބިލް ދެއްކެވޭނީ، އެމް-ފައިސާ އެޕް މެދުވެރިކޮށެވެ.

ޓެލެކޮމް އޭޝިއާ އެވޯޑް 2019 ގައި މީގެ އިތުރުންވެސް އުރީދޫ އަށް ވަނީ މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން އޭޝިއާގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އުފެއްދުންތެރިކަމަށް ފާހަގަ ކުރެވޭ ކުންފުނިތަކުގެ އަގު ވަޒަން ކުރާ މި އެވޯރޑުގައި، 3 ކެޓަގަރީ އަކުން އުރީދޫ އިން ވަނީ ފައިނަލިސްޓެއްގެ ގޮތުގައި ޝޯޓްލިސްޓް ވެފައެވެ. މީގެތެރޭގައި:

  • އުރީދޫ މޯލްޑިވްސް، ބެސްޓް އެމާޖިންގ މާކެޓް އޮޕަރޭޓަރ
  • ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް، މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމައަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ.

  • އުރީދޫ ނެކްސްޓް، މޯސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބާ ފަދަ މީސްމީޑިއާގައި އުރީދޫ މޯލްޑިވްސް އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.

"އުރީދޫ އިން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބަލަނީ، އެކަމެއް އީޖާދުކޮށް، އުފެއްދުންތެރިކަން ގެނައުމަށް. މިގޮތުން، އަޅުގަނޑުމެންގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ބައިނަލްއަޤްވާމީ އެވޯރޑެއް ލިބުމަކީ، އުރީދޫގެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެއް. ޓެލެކޮމް އޭޝިއާގެ މިއަހަރުގެ ޝިއާރު ކަމަށްވާ، "ޑިޖިޓަލް އިކޮނޮމީގެ ކަނެކްޓިވިޓީ ސްޓޭންޑަޑުތައް އައު އުސްމިންތަކާއި ހަމައަށް ގެންދިއުން" މިއީ އުރީދޫ އިންވެސް ޚާއްސަ އިސްކަމެއްދޭ ކަމެއް. މި ލިބުނު އެވޯރޑުން ހިއްވަރުލިބި، އުރީދޫ އިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ، ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޙަޔާތަށް އިތުރު ފާގަތިކަން ގެނެސްދޭ ޚިދުމަތްތަކާއި ޓެކްނޮލޮޖީތަކެއް ފޯރުކޮށްދިނުމަށް،" އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ބާވީސް އަހަރު ކުރިން ފަށާފައިވާ ޓެލެކޮމް އޭޝިއާ އެވޯޑަކީ، ޓެލެކޮމް ދާއިރާ އަށް ޚާއްސަކޮށްގެން މި ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަޚުރުވެރި އެއް އެވޯޑެވެ. ޑިޖިޓަލް މުސްތަގްބަލަކަށް މަސައްކަތްކުރަމުންދާ ހިނދު، ޓެލެކޮމް އޭޝިއާއިން ފާހަގަ ކުރަނީ އިންޑަސްޓްރީގެ އެންމެ އީޖާދީ އަދި ވާދަވެރި ކުންފުނިތަކެވެ. މިގޮތުން، މިއަހަރު ވަނީ ސަތޭކަ އެތަކެއް ފިކްސްޑް، މޮބައިލް އަދި ކޮންވާޖަންސް ޓެލެކޮމް އޮޕަރޭޓަރުންގެ ތެރެއިން، 28 ކެޓަގަރީއެއްގައި، އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކެއް ހޮވާފައެވެ. މި އެވޯރޑަށް ކުންފުނިތައް ނޮމިނޭޓް ކޮށްފައިވަނީ ޓެލެކޮމް އޭޝިއާގެ ކިއުންތެރިން، ޖަޖުން، އަދި އެޑިޓަރުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް