ވަޅިން ބިރުދެއްކުމަށްފަހު ހަ ލައްކައެއްހާ ރުފިޔާ ފޭރިގެންފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ވަޅިން ބިރުދެއްކުމަށްފަހު ހަ ލައްކައެއްހާ ފައިސާ ފޭރިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:30 އެހައިކަންހާއިރު ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރުދެއްކުމަށްފަހު އެކްސްޕާޓް މޮޓޯސްގެ ފަސް ލައްކަ އަށްވުރެ ގިނަ ފައިސާ ފޭރިގެންފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ފައިސާ ފޭރިގެންފައި ވަނީ ފަތަހަ ސުންބުލި ކައިރިން ކަމަށާއި އެއީ އެކްސްޕާޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ފައިސާތަކެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް