ގަސް އިންދުމުގެ ހަރަކާތެއް ސްޓެލްކޯގެ ހުރިހާ ބްރާންޗެއްގައި ހިންގައިފި

ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމް ތިލަފުށީގައި ރަސްމީކޮށް ފެށުން --

ސްޓެލްކޯގެ ބްރާންޗެއް ހުންނަ ކޮންމެ ރަށެއްގައި ވެސް ރަށްފެހި ކުރުމުގެ ހާއްސަ ހަރަކާތެއް ހިންގައިފި އެވެ.

މުޅި ރާއްޖެ ފެހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ވަނީ، "ރަށްފެހި" ޕްރޮގްރާމެއް ފައްޓަވައިދެއްްވާފައިވައިފައެވެ.

ރައީސް ސޯލިހް ފައްޓައިދެއްވި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ އެ ކުންފުނިތަކުގައި 36 ބުރާންޗުގައި މިއަދު ގަސް އިންދުމުގެ ހަރަކާތެއް ހިންގާފައެވެ. އެއާއެކު ސްޓެލްކޯ ވެގެން މި ދިޔައީ، ރައީސް ސޯލިހް ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވި ފުރަތަމަ ކުންފުންޏަށެވެ.

ސްޓެލްކޯގެ ގަސް އިންދުމުގެ ހާއްސަ ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު ތިލަފުށީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ ގްރޭޓަރ މާލޭ އޭރިއާ އަކީ ފެހި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަކީ ނުހަނު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ސްޓްލްކޯއިން ނެންގެވި އިސްނެންގެވުމަކީ މުޅި ރާއްޖެ ފެހި ކުރުމުގެ ހަރަކާތައް ލިބުނު ބޮޑު ހިތްވަރެއްގެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވީ ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ތެރެއިން ސްޓެލްކޯއިން ހިންގާ ހުރިހާ އިންޖީނުގެ ތަކެއް ފެހި ވެގެން ދާނެ ކަމަށާއި މިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދާނެކަމަށެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ހުރިހާ އިންޖީނުގެއެއްގައި މިއަދު ފެށި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތެއްގެ ސިފައިގައި ކަމަށް ސްޓެލްކޯއިން މައުލޫމަތުދެއެވެ. ކޮންމެ ރަށެށްގައި ވެސް މިއަދު މެންދުރު 2:00 އިން ހަވީރު 5:00 އަށް މި ހަރަކާތް ކުރިއަށް ގޮސްފައިވެއެވެ.

އެގޮތުން ސްޓެލްކޯގެ މެއިން އޮފީހުގެ އެކި ޑިޕާޓްމެންޓްތަކުން ޓީމްތައް ބައިވެރިވިއިރު މާލެ ފިޔަވާ ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ އިންޖީނުގެތަކުން ވަނީ ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެފައި ކަމަށާއި ގަސް އިންދުމުގެ ހަރަކާތުގައި ވަނަތައް ހިވައި، ވަނަ ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ވެސް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ މި ހަރަކާތް ކުރިއަށްއޮތްތާގައި ކޮންމެ އަހަރެއްގެވެސް 14 ފެބްރުއަރީގައި ކުރިއަށް ގެންދާނެކަމުގައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މިހަރާކާތް ކުރިއަށް ދާނީ ކޮންމެވެސް ބަދަލަކާއެކުކަމަށް ސްޓެލްކޯއިން ބުންޏެވެ.

comment ކޮމެންޓް