އިނގުރައިދޫގައި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމާލައިފި

"މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ/އެމްއެންޑީއެފް

ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ރ އިނގުރައިދޫގައި އެމްއެންޑީއެފުން ހިންގި "މޫދު ކަސްރަތުން އުފާވެރިކަން 15" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށްވެސް ހަނދާނީ ލިޔުން ދީފައިވާކަމަށެވެ. އެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި ބައިވެރިންނަށް އެކަމުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ ޖުމްލަ 282 ބައިވެރިންނާއެކު އެ ޕްރޮގްރާމް ނިންމާލިއިރު މި ޕްރޮގްރާމަކީ އެންމެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މިފަދަ ސިލްސިލާ ޕްރޮގްރާމު ކަމަށެވެ.

"މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމްގެ މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްހަތާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމައުއެއް ގާއިމުކުރުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް