އިންޑިއާގެ ގެސްޓް ހައުސްއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގެސްތް ހައުސްތެރޭ މަރުވެފައި އޮއްވާ ފެނުނު ލަތީފް---

އިންޑިއާގެ ގެސްޓްހައުސްއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މ. މުލަކަށް ނިސްބަތްވާ ހުސައިން ލަތީފް މަރުވެފައި އޮއްވާ ފެނުނީ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ރޯސް ގެސްޓް ހައުސްތެރެއިންނެވެ.

އޭނާ ނިޔާވިއިރު އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.

މުލަކު ކައުންސިލްގެ ރައީސް އަޝްރަފް ޖަމްޝީދު ވިދާޅުވީ ލަތީފް މަރުވީ ކުއްލިއަކަށް ކަމަށެވެ.

" އޭނާ އަކީ ބަލި މީހެއް ނޫން. އޭނާ އެކޮޅުގައި އުޅުނީ އޭނާގެ ތިމާގެ މީހެއް އޮޕަރޭޝަން ކުރާތީ އެހީވެގެން. ހެނދުނު ހޭނުލައިގެން ބެލިއިރު އޮތީ މަރުވެފައި. އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާ ވަޅުލުމަށް،" އަޝްރަފް ވިދާޅުވިއެވެ.

comment ކޮމެންޓް