މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ހޭނެތިއްޖެ

ކުރިން ސޯސަން މަގުގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކު އެމްބިއުލާންސަށް އަރުވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ހޭ ނެތިއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ސައިކަލުގައި އައި މީހަކު ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް އެރުމުން ކަމަށް މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިނެވެ.

އެ ހާދިސާ ހިނގާފައި ވަނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގަ އެވެ.

މަންޒަރު ދުށް މިހާ ކިޔައިދިން ގޮތުގައި ސައިކަލު ދުއްވި މީހާގެ ބޮލަށް ވަނީ ޒަހަމްވެފަ އެވެ. އަދި އެ އެ އަނިޔާގެ ސަބަބުން އޭނާ އޮތީ ހޭނެތިފައި ކަމަށް ކިޔައިދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކުގެ މަތީގައި ތިބި ބަޔަކަށް ވެސް ހާދިސާގައި ވަނީ އަނިޔާވެފަ އެވެ.

ހާދިސާގައި އަނިޔާވި މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް