މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ޑރ. އާއިޝަތު ރަފިއްޔާ

އެޑްރެސް: މ. ވޭވިންގްލައިޓް، މާލެ

ކުރިމަތިލާ ދާއިރާ: މާފަަންނު ހުޅަނގު ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 7

ޤާބިލިއްޔަތު

ޑރ. އާއިޝަތު ރަފިއްޔާއަކީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރައްވާ ހީވާގި ލީޑަރެކެވެ. ޑރ. ރަފިއްޔާ ވަނީ ސިޔާސީ ދާއިރާއާއި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުންވެސް ގިނަ ދާއިރާތަކަކުން ތައުލީމު ހާސިލުކުރައްވައި، ރަފިއްޔާ ގެންދަވަނީ މުޖުތަމައަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ.

ކުރިމަތިލަނީ ކީއްވެ؟

ޑރ. ރަފިއްޔާއަކީ ސިޔާސީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޝަހުސިއްޔަތެކެވެ. އޭނާއަކީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރަކަށް ވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އަދި އޭނާގެ ގާބިލުކަން ސާބިތުކުރައްވައި ގައުމަށް ރީތި ނަން ކެނޑިނޭޅި ގެނެސްދެއްވައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން އޭނާ ނިންމެވީ ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ޑރ. ރަފިއްޔާ ވަނީ އައިޓީއާއި ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އަދި ޕޮލިޓިކްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. ރަފިއްޔާއަކީ މިހާރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާއެވެ. ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރެުކަންވެސް ކުރައްވާ ރަފިއްޔާއަކީ 22 އަހަރަށް ވުރެ ގިނަ ދުވަހު ހިލޭސާބަހަށް މަސައްކަތްކުރައްވައި، ޒުވާނުންގެ އިނާމާއި ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ވަނީ ހޯއްދަވާފައެވެ. އެސްޓީއޯގެ ބޯޑު މެމްބަރުކަން ކުރެއްވުމުގެ އިތުރުން އޭނާ ގެންދަވަނީ ޒުވާނުން ބާރުވެރިކުރުމުގެ މަގްސަދުގައި ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހިންގަވަމުންނެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ޑރ. ރަފިއްޔާގެ އިންތިހާބީ އެޖެންޑާގެ މައިގަނޑު ކަންތައްތަކަކީ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމެވެ. އއެގޮތުން ގެދޮރުވެރިކަމާއި ދުޅަހެޔޮ އާއިލާތައް ބިނާކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި ވަކާލާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ފަންނުވެރިންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަށް ޑރ. ރަފިއްޔާ ވައުދުވެވަޑައިގަންނަވައެވެ. ޑރ. ރަފިއްޔާ ވިދާޅުވީ އިންތިހާާބުވެއްޖެނަމަ ދަރިވަރުންނަށް 21 ވަނަ ގަރުނުގެ ތައުލީމު ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.