މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ހުސަައިން ޝަހުދީ

އެޑްރެސް: ސާހިލް، ހދ. ހަނިމާދޫ

ކުރިމަތިލާ ދާއިރާ: ހަނިމާދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 4

ޤާބިލިއްޔަތު

ހުސެއިން ޝަހުދީއަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ މުގައްރިރުކަން ކުރެއްވައި ބަޖެޓު ކޮމިޓީ ފަދަ މުހިންމު ކޮމިޓީތަކުގައި މަސައްކަތް ކުރައްވާފައިިވާ ތަޖުރިބާ ހުރި ގާބިލު ބޭފުޅެކެވެ. ޝަހުދީ މަތީ ތައުލީމު ހާސިލުކުރައްވާފައ ވަނީ މެނޭޖްމެންޓް ލީޑާޝިޕްގެ ދާއިރާއިންނެވެ.

ކުރިމަތިލަނީ ކީއްވެ؟

ޝަހުދީ ގަބޫލުފުޅު ކުރައްވަނީ އޭނާގެ ދާއިރާގެ ކުރިއެރުމަށް އަދިވެސް ކުރެވޭނެ މަސައްކަތްތަކެއް ހުރި ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް އަދިވެސް މަޖިލީހުގެ ތެރެއިން އަޑުއުފުލަން ޖެހޭ ކަމަށެވެ. އެހެންކަމުން، އަދިވެސް ދާއިރާއަށް ތަރައްގީ ގެނައުމަށްޓަކައި ގާނޫނީ ގޮތުން ކުރެވޭނެ މަސައްކަތްތަކެއް ހުރީތީ އެ މަސައްކަތްތައްކުރައްވައި އަޑުއުފުއްލެއްވުމަށް އޭނާ ބޭނުންވެއެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ހުސެއިން ޝަހުދީއަކީ ދާއިރާއަށް އުފަން، ދާއިރާގައި ދިރިއުޅެފައިވާ، އަދި ފާއިތުވި ދައުރުގައި މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ހާލާއި ހުވާލު ބައްލަވައި، ރައްޔިތުންނާ ގުޅުންހުރި ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކެނޑިނޭޅި ވަކާލާތުކުރައްވާފައިވާ ބޭފުޅެކެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރު މުއްދަތަކަށް "ގޮނޑި ގެއްލުނު 12 މެމްބަރުން"ގެ ތެރޭގައިވެސް ޝަހުދީ ހިމެނުނެވެ. ނަމަވެސް ދަތިތަކެއް ކުރިމަތިވި އެ ހާލަތުގައިވެސް އޭނާ ވަނީ އިންސާފާއި ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާފައެވެ. ޝަހުދީ މީގެ ކުރިން ވަނީ އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ރައްޔިތުންގެ ބޭނުންތައް ފުއްދައި ސަރުކާރުގެ ވައުދުތައް ހާސިލުކުރުމަށް ޓަކައި ކުރަން ޖެހޭ ގާނޫނީ މަސައްކަތް ކުރެއްވުމަށް ޝަހުދީ ހުންނެވީ ތައްޔާރަށެވެ. އޭނާ އެންމެ އިސްކަން ދެއްވާނެ އެއް ކަމަކީ ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއަރުވައި އެ ދާއިރާއިން ހުރި ފުރުސަތުތައް އިތުރު ކުރުމަށާއި ހދ. ހަނިމާދޫ އެއާޕޯޓު ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ވަކާލާތު ކުރެއްވުމަށެވެ.