ސަގާފީ ޕެރޭޑާއެކު ހުޅުމާލެއަށް އުފާވެރިކަން

އިއްޔެ ހުޅުމާލޭގައި ބޭއްވި ސަގާފީ ޕެރޭޑުގެ ތެރެއިން

ސަގާފީ ކުޅިވަރުތަކަކީ ދިވެހިން އަބަދުވެސް ވަރަށް ޝައުގުވެރިވާ ކުޅިވަރުތަކަކެވެ. ހާއްސަކޮށް އީދުގެ މުނާސަބަތާ ގުޅުވައިގެން ސަގާފީ ކުޅިވަރުތައް ބޭއްވުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހި ސަގާފަތް ނެތެމުން ދާއިރު އެ ފަދަ ކުޅިވަރުތައް އީދާ ގުޅުވައިގެން ކުޅެހެދުމަކީ އަންނަން އޮތް ދިވެހި ޖީލަށް ވެސް އެ ކުޅިވަރުތައް ގެންގޮސްދިނުމަށް އޮތް ރަނުގެ ފުރުސަތެކެވެ.

ހުޅުމާލެއަކީ މިހާރު ދިވެހިންނާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އަވަށެކެވެ. އެއީ ޒުވާނުންގެ ސިޓީއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މި ވަނީ އެހެން އަހަރުތަކާ ހިލާފަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ގުޅުން އާލާކޮށް އީދުގެ އުފާ ވީހާވެސް ފުރިހަމަ ގޮތަކަށް ހިއްސާކުރުމަށް މުޅީ އީދުގައި ވަރަށް ގިނަކަންތައްތައް ރާވައިފައެވެ.

ހުޅުމާލޭގައި ބޭއްވި ސަގާފީ ޕޭރޭޑުގައި ބޮޑުމަސް ދުއްވަނީ

އެޗްޑީސީން ހުޅުމާޅޭގައި އީދާ ގުޅިގެން ހިންގި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަތީ ސަގާފީ ކުޅިވަރުތަކެވެ.

އިއްޔެ ހަވީރު އެޗްޑީސީގެ މުވައްޒަފުންނާއި އަދި ވޮލަންޓިއަރުން ގުޅިގެން ކުރިއަށް ގެންދިޔަ ސަގާފީ ކުޅިވަރުތައް އިރުއޮއްސެންދެން ކުރިއަށް ގެންދިޔަ އެވެ.

ހުޅުމާލޭގައި ބޭއްވުނު ސަގާފީ ހަރަކާތްތަކުގެ ތެރެއިން.

ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ އެ ޕެރޭޑްގައި ވަނީ ތަފާތު ވައްތަރުގެ ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ. ޢެގެ ތޭރޭގައި މާލި، ކޯޑި ކެނޑުން، ބޮޑުބެރު އަދި ބޮޑުމަސްދުއްވުން ހިމެނެއެވެ.

އެޗްޑީސީން ބުނީ އިއްޔެގެ ޕެރޭޑުގައި ގާޒީ ސްކޫލާއި އަދި ރެހެެންދި ސްކޫލުގެ ދަރިވަރުން ބައިވެރިވި ކަމަށެވެ.

ހުޅުމާލޭގައި ބޭއްވި ސަގާފީ ޕޭރޭޑުގައި ބަަނޑިޔާގެ ޑާންސެއް.

އެ ޕްރޭޑް ނިންމާލާފައި ވަނީ ސެންޓްރަލް ޕާކުކައިރިން ބިލެއްދަފިނެގުމުގެ ހަރަކާތްތުން ކަމަށް އެޗްޑީސީން ބުންޏެވެ.

ބޮޑު އީދާ ގުޅީގެން އެޗްޑީސީން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ރާވައިފަ އެވެ. އެގޮތުން އިއްޔެ އެއް ޖަމާއަތެއްގައި ހުޅޫމާލޭގެ އެންމެން އީދު ނަމާދު ކޮށް އޭގެ ފަހުން ވަނީ އުލްހިޔާ ކަތިލައިފައެވެ.

comment ކޮމެންޓް