މައި އުރީދޫ މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމާ ކެއާގެ މުއައްޒަފުންނާ މިހާރު ލައިވް ޗެޓް ކުރެވޭނެ

މީހަކު ފޯނުން މައި އުރީދޫ އެޕް ދައްކާލައިގެން: މިހާރު އެ އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމާ ކެއާ މުއައްޒަފުންނަ ލައިވް ޗެޓް ކުރެވޭ

އުރީދޫ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅުކުރުމަށްޓަކައި އެކުންފުނީގެ މޮބައިލް އެޕްލިކޭޝަން، މައި އުރީދޫ މެދުވެރިކޮށް ކަސްޓަމާކެއާގެ މުއައްޒަފުންނާ ލައިވް ޗެޓް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އުރީދޫ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އުރީދޫގެ ކަސްޓަމަރުންނަށް ހިދުމަތްދެއްވައި މުއާމަލާތު ކުރުމަށް ޓަކައި ބޭނުންކުރާ އެކުންފުނީގެ މޮބައިލް އެޕްލިކޭޝަން، ސޯޝަލް މީޑިއާ އަދި އަލަށް ތައާރަފްކޮށްފައިވާ ލައިވް ޗެތްގެ ހިދުމަތް މައި އެއް ޕްލެޓްފޯމެއްގައި ގުޅުވާލަދިނުމާ އެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ކަސްޓަމާ އެކްސްޕީއަންސް އަށް ރަނގަޅު ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ.

އެގޮތުން މައި އުރީދޫގެ އެޕްލިކޭޝަނަލް ގެނެސްފައިވާ އަޕްޑޭޓް މިހާރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް އެޕް ސްޓޯ އިން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ އަޕްޑޭޓް ޑައުންލޯޑް ކުރެވޭނެ ކަމަށް އުރީދު އިން ބުންޏެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫގެ ކަސްޓަމަރުންނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ފަރިތަވެފައިވާ ބަޔަކަށް ވުމާ އެކު ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުރިހަމަ ހިދުމަތެއް ދޭން އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ތައާރަފްކުރީ މުޅިންއާ ޑިޖިޓަލްކަސްޓަމާ ޓަޗްޕޮއިންޓްތަކެއް ކަމަށެވެ.

"މިފަދަ ސްމާޓް ސޮލިއުޝަންތައް ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް ކަސްޓަމަރުންނާއި މުއާމަލާތުކުރުމަށް އފެއްދުންތެރި އާ ގޮތްތަކެއް ލިބުމާއެކު އުރީދޫގެ ކަސްޓަމަރުންނަށް އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާތަކަށް ވަރަށް ހެޔޮ ބަދަލެއް އަންނާނެ،" އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.

comment ކޮމެންޓް