މަޖީދިއްޔާ ސްކޫލް ދަރިވަރު ޝާން ނިޔާވެއްޖެ

ހުޅުމާލޭގައި ކުދިންތަކާ އެކު ހުކުރު ދުވަހު ބާސްކެޓް ބޯޅަ ކުޅެން އުޅެނިކޮށް ބޮލުގައި ބޯޅައަކުން ޖެހިގެން ކޯމާ އަކަށް ދިޔަ މަޖީދިއްޔާ ސްކޫލް ދަރިވަރު ކޯމާގައި އޮވެ ނިޔާވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލް ގްރޭޑް9ގައި ކިޔަވަމުން އައި އަލީ ޝާން، 14،ގެ ބައްޕަ ދެންމެ ކޮލަމްބޯގައި ހުންނަވައި ސަން އަށް ފޯނުން ވިދާޅުވީ ޝާން މިއަދު ހަވީރު 4:30 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށާއި މިހާރު ޝާންގެ ހަށިގަނޑު ސަހަރާ އަށް ގެންދިއުމުގެ މަގުމަތީގައި އުޅުއްވާ ކަމަށެވެ.

ބަސްއަހާ، އަހުލާގު ރަނގަޅު ދަރިވަރު ނިޔާވީ، ހުކުރު ދުވަހު ރައްޓެހި ކުދިންތަކަކާ އެކު ހުޅުމާލޭގައި ބާސްކެޓް ބޯޅަ ކުޅެން އުޅެނިކޮށް ބޮލުގައި ބާސްކެޓް ބޯޅައަކުން ޖެހުމަށް ފަހު، ކޯމާއަކަށް ގޮސް، ކޯމާގައި އޮންނަތާ 48 ގަޑިއެއްހާ އިރުގެ ތެރޭގަ އެވެ.

ޝާން ލަންކާ އަށް ފޮނުވީ އައިޖީއެމްއެޗްގައި ފަރުވާއެއް ދެވެން ނެތިގެންނެވެ.

ޝާން ލަންކާ އަށް ގެންގޮސް އޮޕްރޭޝަން ކުރި ކަމަށާއި އޭނާގެ ސިކުނޑިއަށް އެޅިފައި ހުރި ލޭ ނެގި ކަމަށް އާއިލާ އިން ކުރިން ބުންޏެވެ. ނަމަވެސް ޝާން އޭގެ ފަހުން ހެއެއް ނާރަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު