ވެރިކަން އިންގިލާބުކޮށްލަން އެމްޑީޕީން ނިންމި މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި

ރާއްޖޭގައި މިހާރު އޮތް ވެރިކަން އިންގިލާބެއް ގެނެސްގެން ބަދަލުކުރުމަށް އެމްޑީޕީން ނިންމާފައިވާ މައްސަލަ ބަލައި ދިނުމަށް އަމިއްލަ ފަރާތަކުން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅައިފި އެވެ.

ހ. ފިނިފެންމާގެ އާގެ، އިބްރާހިމް މަނިކު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އިންގިލާބަކުން ވެރިކަން ވައްޓާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ މައްސަލަ އަކީ ބަލައި ފިޔަވަޅުއަޅަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

"އިންގިލާބަކުން ގައުމުގެ ވެރިކަން ވައްޓާލާނެ ކަމަށް އެމްޑީޕީން ބުނެ، ގައުމީ މަޖިލީހުން ނިންމާފައިވާތީ މިކަމުގެ ސަބަބުން މި ގައުމު ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުންނާއި އަސްކަރީ ބާރުވެރިކަމުގެ ގޮތުންބަލިކަށިވެ، އިޔާދަނުކުރެވޭ ފަދަ ގެއްލުންތައް މި ލޮބިވެތި ވަތަނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑުގެ ބުއްދިއަށް ވިސްނޭތީ އެންމެ ވަގުތަކު ވެސް މަގު ނުކުރައްވާ މިކަމުގައި އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވާދެއްވުމަށް އާދޭ ހާއި އިހްތިރާމާއި ލޯބާއި ކުލުނުވެރިކަމާއި އެކު ދެންނެވީމެވެ." ސަން އޮންލައިނަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ.

ދިއެފްގެ މުވައްޒަފައެއްގެ ގޮތުގައި މަސައްކަތް ކުރާ އިބްރާހީމް މަނިކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން އެ މައްސަލައާ މެދު އެކަށީގެންވާ ވަރުގެ ފިޔަވަޅެއް ނާޅައިފި ނަމަ ދައުލަތުގެ އެހެން މުވައްސާތައް މެދުވެރިކޮށް ވެސް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު