ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަފިރިހެން ކުދިންތަކަކާ ގަދަކަމުން އެއް ޖިންސުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުގައި ހއ. އިހަވަންދޫން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކުޑަ ކުންދިންތަކަކާ އެކު ގަދަކަމުން އެއްޖިންސުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ މީހެއް ކަމަށެވެ.

ނަމަވެސް އެ މައްސަލާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ މައްސަލާގައި އިހަވަންދޫން ހައްޔަރުކޮށްފައިވާ 38 އަހަރުގެ ފިރިހެން މީހާއަކީ އިހަވަންދޫ މީހަކާ އިނދެގެން އުޅޭ މ. އަތޮޅު މީހެއް ކަމަށެވެ. އޭނާ އެއްޖިންސުން ގުޅުން ހިންގާފައި ވަނީ ހަ އަހަރުގެ ތިން ފިރިހެން ކުދިންނާ އެކު ކަމަށް އެނގިފައިވެ އެވެ. އަދި އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އެނގިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު