ގެއްލިގެން ހޯދަމުންދިޔަ އުމުރުން 12 އަހަރުގެ އަންހެން ކުއްޖާ އެހެން ގެއެއްގައި ހުއްޓައި ފެނިއްޖެ އެވެ.
ގެއްލުމުން ރޭ 9:30 ގައި އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރި ގ. ހުރަސްފަރު ޔަޝްފާ އަހުމަދު ފެނިފައިވަނީ މިއަދު 1:45 ހާއިރު ގަލޮޅުގެ ގެއެއްގެ ތެރޭހައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޔަޝްފާ ހުރީ ކޮންގެއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.
ފަހަކަށް އައިސް 18 އަހަރުން ދަށުގެ ކުދިން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.