ކީރިތި ރަސޫލާގެ ކާޓޫނު ދެއްކި ޓީޗަރު މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫން ދަރިވަރުންނަށް ދެއްކި މައްސަލައިގައި ބޯ ބުރިކޮށް މަރާލާފައިވާ ސެމިއުލް ޕާޓޭ. ފޮޓޯ/އޭޕީ

ކީރިތި ރަސޫލާ (ސ.ވ.އ) އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނު ދަރިވަރުންތަކަކަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލައި މަރާލި މައްސަލައިގެ ޝަރީއަތް ފަށައި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އުމުރުން 47 އަހަރުގެ ސެމިއުލް ޕާޓޭގެ ބޯ ބުރިކޮށްލައި މަރާލީ އޭނާގެ ދަރިވަރުންތަކަކަށް ކީރިތީ ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނު ދަރިވަރުންނަށް ދެއްކި މައްސަލައިގައި ފްރާންސްގެ ޕެރިސް ކައިރީގައި އޮންނަ ކޮންފްލާންސް ސެއިންޓް އޮނޮރިންގައި ހުންނަ އޭނާގެ ސްކޫލުގެ ބޭރުގައި އެތައް ފަހަރަކު ހަމަލާ ދީގެންނެވެ. ނޫސްތަކުން ބުނާގޮތުން އޭނާގެ ކަރުބުރިކޮށްލި މީހާ ވަނީ ހަމަލާ ދިނުމުގެ ކުރީން "ﷲ އަކްބަރު" އޭ ގޮވާފައެވެ.

ހަމަލާދިން މީހާ ކަމަށްވާ، އަބްދުالله އަންޒޯރޯވް ވަނީ ޕެޓީ މަރާލިތާ މާގިނައިރުތަކެއް ނުވެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ މަޖިލީހަށް ހޯމަ ދުވަހު ވަނީ ހަތް ފިރިހެނަކާއި އެއް އަންހެނަކު ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެތެރެއިން ތިން މީހަކު ބެލުމުގެ ދަށުގައި ތިބިއިރު، ޝަރީޢަތް ހިންގަނީ 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ "ޖިނާއީ ޓެރަރިސްޓް އަމަލެއް" ގައި ބައިވެރިވި ކަމަށް ބުނެއެވެ.

އޭގެތެރޭގައި މޮރޮކޯގެ އުމުރުން 52 އަހަރުގެ ބްރަހިމް ޗްނީނާ ވެސް ހިމެނެއެވެ. އޭނާ އަކީ އޭރު އުމުރުން 13 އަހަރުގެ ސްކޫލް ކުއްޖަކެވެ.

ޕީޖީން ތުހުމަތުކުރާ ގޮތުގައި ޗްނީނާ ވަނީ ފްރާންކޯ-މޮރޮކޯގެ އުމުރުން 65 އަހަރުގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުލްހަކިމް ސެފްރިއޯއީއާ ގުޅިގެން ޕާޓޭއާ މެދު ނަފްރަތު އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

މި ދެ މީހުން ވޭތުވެދިޔަ ހަތަރު އަހަރުވެސް ތިބީ ބަންދުގައެވެ.

ޕާޓޭއަށް ހަމަލާދީ މަރާލީ މީހާގެ ގާތް ދެ ރައްޓެހިން ވެސް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް