އީރާނުން އިސްރާއީލަށް އެތައް ސަތޭކަ މިސައިލެއް ފޮނުވާލައިފި

އީރާނުން އިސްރާއީލަށް އެތައް ސަތޭކަ މިސައިލެއް ފޮނުވާލައިފި

އިރާނުން އިސްރާއީލަށް ވައިގެ މަގުން އެތައް ސަތޭކަ މިސައިލެއް ފޮނުވައިލައިފިއެވެ.

މި ހަމަލާއާ ގުޅިގެން އިރާނުގެ ފާސް ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓުކޮށްފައި ވަނީ، މި ހަމަލާއަކީ ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސްގެ ލީޑަރު ހަނިއްޔަ އަވަހާރަކޮށްލުމުގެ ރައްދެއްގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރަން އެހީދޭން އެގައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ އެގައުމުގެ އާންމުން ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަސް އެދިފައެވެ. އަދި އެ ގައުމުގެ ފްލައިޓުތައް ވެސް މިވަގުތު ވަނީ މެދުކަނޑާލާފައެވެ.

ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލީ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. އަދި ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު