ހައްޖުން އައި ބަކާގެ ހާލު ދެރަވެ، އައިސީޔޫގައި

--- ފޮޓޯ/ ބަކާ ފޭސްބްކް ޕޭޖް

ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ދިޔަ، 38 އަހަރުގެ ބަކާ ރާއްޖެ އައީ ދާދި ފަހުންނެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭއިރު، ހައްޖުން އައިއިރު ވެސް ބަކާ ހުރީ ބަލިކޮށް ކަމަށް އެނގިފައިވެއެވެ.

ބަކާވަނީ ކެރިއަރުގެ ކުރީ ކޮޅުގައި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.

މީގެ އިތުރިން ކްލަބު އީގަލްސްއަށްވެސް ކުޅެ، 2015 ވަނަ އަހަރު މިޔަންމާގެ ކަމްބައުޒާ އެފްސީއަށްވެސް އޭނާ ކުޅެފައިވެއެވެ. އެއަށްފަހު އެނބުރި ދިވެހި ލީގަށް އައިސް އޭނާ ގުޅުނީ ކްލަބު ވެލެންސިއާއެވެ.

ގައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައިވެސް ހިމެނިފައިވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް