މޫސުން ގޯސްވެ ދިގުދެންމި އޮރެންޖު އެލާޓް ރީނދޫއަށް ދަށްކޮށްފި

ވިއްސާރަވެ ކަނޑުގަދަވުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވެ، ދިގުދެންމި އޮރެންޖު އެލާޓް ރީނދޫ ސަމާލަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދަށްކޮށްފިއެވެ.

މިގޮތުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ. އަތޮޅަށް މިރޭ 11:15 އިން މާދަމާ މެންދުރުފަހު 03:15 އަށެވެ.

މެެޓުން ބުނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރެ ވެހި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މީގެއިތުރުން މެޓް އިން ބުނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ކަނޑުތައް ވަރަަށް ގަދަވާނެ ކަމަށެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމާއި ގުޅިގެން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރާއިރު ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިންވެސް ވަނީ އިރުޝާދުދީފައެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފުލުހުން ވެސް ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރާން އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް