18 އަހަރުވިތާ މަހެއް ނުވަނީސް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

އުމުރުން 18 އަހަރުފުރި މަހެއް ނުވަނީސް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއަށް ނިސްބަތްވާ އެ މީހާއަށް 18 އަހަރު ފުރިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ރިކޯޑް އޮތް އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ.

ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލާލުމުން އޭތި ބަލާ ފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާ އެއްކޮށްފައިވާ ސާމާނު ހުރި ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ. އޭނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ.

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމަކީ އާންމު ކަމަކަށް ވެފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ފަދަ މައްސަލަތަކުގެ ތުހުމަތުގައި މީހުން ހައްޔަރުކުރެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންނާއި ޒުވާނުންގެ އިތުރުން މެދު އުމުރުގެ މީހުން ވެސް ހިމެނެއެވެ. ބައެއް މީހުން ކޯޓުން ދޫކޮށްލާއިރު އަނެއްބައި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދެއެވެ.

comment ކޮމެންޓް