ކިޓް އާއި ރޯޒްއަށް ދެވަނަ ދަރިއަކު ލިބެނީ

މަޝްހޫރު ޓީވީ ޝޯ ކަމަށްވާ ”ގޭމް އޮފް ތުރޯންސް“ އިން މަގުބޫލުކަން ހޯދި ދެ ތަރިން ކަމަށްވާ ކިޓް ހެރިންޓަން އާއި ރޯޒް ލެސްލީއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

ޖިމީ ފެލަންގެ ޓުނައިޓް ޝޯގައި ވާހަކަ ދައްކަމުން ޖޯން ސްނޯގެ ރޯލުން މަގުބޫލުކަން ހޯދި އެކްޓަރު ކިޓް ބުނެފައިވަނީ އޭނާ އާއި އޭނާގެ އަންހެނުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ ދެވަނަ ދަރިއަށް ކަމަށެވެ. އެގޮތުން ރޯޒް މިހާރު ބަލިވެ އިން ކަން ވަނީ ކިޓް ކަށަވަރުކޮށްދީފައެވެ.

ގޭމް އޮފް ތުރޯންސް އިން ދިމާވި ދެމީހުން ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު ދެމީހުންނަށް ދަރިއަކު ލިބިފައިވަނީ 2021 ވަނަ އަހަރުގައެވެ. ދެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

"އަހަރެމެންގެ ދެ އަހަރުގެ ދަރިފުޅަށް ބޮޑު ޝޮކެއް ލިބެން އެ އުޅެނީ. އެއީ އޭނާ އަށް ކޮއްކޮ އެއް ލިބެން އުޅޭކަން،" ކިޓް ބުންޏެވެ.

ކިޓް އައި ރޯޒްއަށް ލިބިފައިވާ ފިރިހެން ދަރިފުޅަށް ކިޔާ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ގޭމް އޮފް ތްރޯންސްގެ ސެޓުން ދިމާވި އެ ފަންނާނުން ލޯބީގެ ގޮތުން ގުޅުނީވެސް ޝޯގެ ތެރެއިންނެވެ. އެއާއެކު ދެމީހުން ވަނީ 2017 ވަނަ އަހަރުގައި އެންގޭޖުވެ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކައިވެނިކޮށްފައެވެ.

އެއަށްފަހު ދެމީހުންނަށް ދަރިއެއް ލިބި އެކީގައި ތިން މީހުން ފެނިފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު