ވަކީލުންގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު މަހަށް އިތުރުކޮށްދީފި

ބާ ކައުންސިލުގެ އޭޖީެއމްގެ ތެރެއިން ގާނޫނީ ވަކީލުންތަކެއް --- ފޮޓޯ: ބާ ކައުންސިލް

ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ގާނޫނީ ވަކީލުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ލީގަލް ޕްރެކްޓިސްއާއި ލޯފާމްގެ އަހަރީ ފީއާއި ޕަބްލިކް ނޯޓަރީގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށާއި، އެގޮތަށް ނިންމާފައިވަނީ ގިނަ އަދަދެއްގެ ލޯ ފާމްތަކާއި ވަކީލުންގެ އެދުމުގެ މަތީން ކަމަށެވެ.

ލީގަލް ޕްރެކްޓިސް އާއި ލޯފާމްގެ އަހަރީ ފީ އަދި ޕަބްލިކް ނޯޓަރީގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރު ކޮށްދިން ނަމަވެސް, އެހެނިހެން ފީތައް ދެއްކުމުގެ އެންމެ ފަހު ތާރީޚުވަނީ މިއަދަށް ހަމަވެފައެވެ.

ވަކީލުންގެ އަތުން ނަގާ ފީތައް އިތުރުކޮށްފައިވާއިރު، އެކަން ކުރަން ނިންމާފައިވަނީ އަންނަ އަހަރަށް އެ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވީމައެވެ. އެގޮތުން, އެ ކައުންސިލުން ދެމުންދާ ޚިދުމަތްތަކާ ގުޅޭ ފީތައް ބޮޑުކޮށް، ބައެއް އާ ފީތައް ވެސް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ވަކީލު ކަމުގެ ހުއްދަ ދޫކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރުމާއި، ލޯފާމް ހިންގުމަށާއި، އަމިއްލަ ލީގަލް ޕްރެކްޓިސް ކުރުމުގެ ހުއްދައަށް ފީ ކަނޑައަޅާފައިވެއެވެ.

ވަކީލުންގެ އަތުން ނަގަން ފަށާ ފީތަށް:

ވަކީލު ކަމުގެ ހުއްދަ ދޫކުރުން - 2،000 ރ

ސުޕްރީމް ކޯޓުގެ ހުއްދަ - 2،000 ރ

ހައި ކޯޓުގެ ހުއްދަ - 1،500 ރ

ޕަބްލިކް ނޯޓަރީގެ ހުއްދަ - އަހަރަކު 2،000 ރ

ލޯފާމްގެ ރަޖިސްޓްރީ - އަހަރަކު 2،000 ރ

ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީ - އަހަރަކު 1،000 ރ

ވަކީލު ލައިސަންސް ކާޑު ހެއްދުމާއި އާކުރުން - 500 ރ

ވަކީލު ލައިސަންސްގެ ޓްރާންސްލޭޝަން - 1،000 ރ

ވަކީލު ލައިސަންސް ގެއްލިގެން ހެއްދުން - 1،000 ރ

ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން - 1،000 ރ

ބާކައުންސިލްގެ އެކްސްކޯ އިންތިހާބަށް ކުރިމަތިލުން - 5،000 ރ

comment ކޮމެންޓް