ޗައިނާގެ ސަދަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޗައިނާ ސަދާން އެއާލައިނެއްގެ ފްލައިޓެއް --- ފޮޓޯ/ ޗައިނާ ސަދާން އެއާލައިން

ޗައިނާ ސަދާން އެއާލައިނުން މި ފެށޭ މަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މި ފްލައިޓުގެ އެންމެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން އެ ފްލައިޓުތަކުން 280 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަންނާނެއެވެ. މި ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުދަ ދުވަހުއެވެ.

ކޮވިޑްގެ ސަބަބުން ގާތްގަޑަކަށް ގާތްގަޑަކަށް ތިން އަހަރުގެ ހުއްޓުމަކަށް ފަހު، ޗައިނާ މާކެޓުން ސީދާ ދަތުރުތައް ރާއްޖެއަށް ފެށީ މި މަހުގެ ތެރޭގައެވެ. އެގޮތުން ޗައިނާ އިން ރާއްޖެއަށް އެންމެ ފުރަތަމަ މި އަހަރު އައީ ބެއިޖިން ކެޕިޓަލް އެއާލައިންސްއެވެ.

https://sun.mv/173020

މި އެއާލައިނުގެ ދަތުރުތައް މި އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބެއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. އެ އެއާލައިނުން ހަފުތާއަކު ހަތަރު ފްލައިޓު ރާއްޖެ އަންނާނެއެވެ.

ޗައިނާ ސަދާން އެއާލައިނުގެ އިތުރުން، ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތަކާ އަދި ހޮންކޮން އެއާލައިނުން ވެސް މި މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަ ޖެހިފައެވެ.

މި ފްލައިޓްތަކާ އެކު ޗައިނާ މާކެޓު، ރާއްޖޭގެ ޓޮޕް މާކެޓަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްްޖެއަށް 5300 އަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު، އެ މާކެޓަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 މާކެޓުގެ ތެރެއިން އެއް މާކެޓެވެ.

އަދި ކޮވިޑްގެ ކުރިން އެ މާކެޓަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ. އެގޮތުން 2019 ވަނަ އަހަރު އެކަނި އެ ގައުމުން ރާއްޖެއަށް 280،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

comment ކޮމެންޓް