16 އަހަރުގެ ކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި 73 އަހަރުގެ މީހަކު ހައްޔަރަށް

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެދުރާއްޖެ ތެރޭގެ އަތޮޅުތައް ހިމެނޭ ސަރަހައްދުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 73 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ކ. އއ. އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 73 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައިނުވާއިރު އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުއްޖާގެ ނަމާއި ރަށް ހާމަކޮށްފައެއް ނުވެއެވެ. އެއީ އެ ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް