ދިރާގުން 595 ރުފިޔާއަށް 112 ޖީބީ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުގެ ޕްރޮމޯޝަން

ދިރާގުގެ "ސަޅި 28 ޑޭސް" އެޑް-އޮންއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަތަރު ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

މި އެޑް-އޮންއިން އެންމެ 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112 ޖީބީ، 28 ދުވަހުގެ މުއްދަތަކަށް ލިބޭނެއެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ލިބޭ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

"ސަޅި 28 ޑޭސް" އެޑް-އޮން، ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S3GB28’ ޖަހާފައި އެސްއެމްއެސްއެއް ކޮށްގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް މީގެ އިތުރަށް ވެސް ތަފާތު ގިނަ ޕްލޭންތަކެއް ފަރުމާކޮށްފައިވެއެވެ. އޭގެ ތެރޭގައި:

  • ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
  • ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
  • މަމެން – ޒުވާޏުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްލޭނަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭނެކެވެ. މަމެން ކަސްޓަމަރުންނަށް، މަމެން ބޭނުން ކުރާ އެހެން މީހުންނަށް ކްރެޑިޓް ޓްރާންސްފާ ކުރެވޭނެއެވެ.

ދިރާގުގެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން އާންމުންނަށް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް