މާލެއިން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުން އަންނަ އުމުރުން 15 އަހަރުގެ ޒީކް ބިންތު މުހައްމަދު ރިޔާޒް -- ފޮޓޯ/ ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުން އައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ ކުއްޖާ ފެނިފައިވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުން އައީ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒެވެ. ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ މިއަދެވެ.

https://www.sun.mv/173452

އިތުރު މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، އެ ކުއްޖާ ގެއިން ބޭރަށް ނުުކުތީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 17:00 ހާއިރުކަމަށެވެ.

އޭގެ ފަހުން ގެއަށް އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 18:17 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް