މާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން އަންނަ އުމުރުން 15 އަހަރުގެ ޒީކް ބިންތު މުހައްމަދު ރިޔާޒް -- ފޮޓޯ/ ފުލުހުން

އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މާލެއިން ގެއްލިގެން ހޯދަމުން އަންނަނީ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒެވެ. ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އިތުރު މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، އެ ކުއްޖާ ގެއިން ބޭރަށް ނުުކުތީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 17:00 ހާއިރުކަމަށެވެ.

އޭގެ ފަހުން ގެއަށް އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 18:17 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ވެސް ފަށައިފައިވާކަމަށް ބުންޏެވެ.

އެ ކުއްޖާ ދިރިއުޅެމުން އައީ މާލެ، ގ.ތޯނީއައްސޭރި ގޭގައެވެ.

އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އެންމެ ފަހުން ފެނުނުއިރު އެ ކުއްޖާހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެ ޖިންސެއް ލައިގެންކަމަށެވެ.

އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް