ޓިކްޓޮކްގައި ވައިރަލްވި ފޮތަކަށް ފިލްމެއް ހަދަނީ

ފާއިތުވި އަހަރު ޓިކްޓޮކުން ވައިރަލްވި ކޮންޓްރޮވާޝަލް ވާހަކަ ފޮތަށް ބިނާކޮށް ބޮޑު ބަޖެޓު ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެެެވެ.

އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާގެ ވާހަކައެއް ކަމަށްވާ "އިޓް އެންޑްސް ވިތު އަސް" އަކީ މިދިޔަ އަހަރު ޓިކްޓޮކްގައި، ހާއްސަކޮށް ފޮތްކިޔުމަށް ލޯބިކުރާ ކޮމިއުނިޓީ، ބުކްޓޮކްގައި މަގުބޫލުވެފައިވާ ވާހަކައެކެވެ. ނަމަވެސް ވާހަކައިގައި ހިމެނޭ ބައެއް ކޮންޓެންޓުތަކުގެ ސަބަބުން މި ވާހަކަ ވަނީ ކޮންޓްރޮވާޝަލް ވާހަކައަކަށް ވެފައެވެ.

ވާހަކައިގައި ގެވެށި އަނިޔާ އާއި އެ ނޫން ވެސް މައުލޫތައް ނުރަނގަޅު ގޮތަކަށް ގެނެސްދީފައިވާތީ އެތައް ބައެއްގެ ފާޑުކިޔުން ވެސް ވަނީ ވާހަކައަށް ރައްދުވެފައެވެ. އާންްމުންގެ ފާޑުކިޔުން ރައްދުވެފައިވާ ދަނޑިވަޅެއްގައި ހޫވާ ދާދިފަހުން އާންމުކޮށްފައިވަނީ ވާހަކައަށް ބިނާކޮށް ފިލްމެއް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ.

ހޫވާ ބުނެފައިވާ ގޮތުގައި ފިލްމަށް ކާސްޓުންގެ ގޮތުގައި ވަނީ ހޮލީވުޑްގެ އޭލިސްޓު ތަރިން މިހާރު ހަމަޖައްސާފައެވެ. އެގޮތުން މަޝްހޫރު އެކްޓަރު ބްލޭކް ލައިވްލީ އާއި ޖަސްޓިން ބަލްޑޯނީ ވަނީ ފިލްމުގެ ލީޑް ރޯލަށް ހަމަޖައްސާފައި ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެ ފިލްމު އުފައްދާނެ ޕްރޮޑަކްޝަނާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ހޫވާ ބުނީ މި ފިލްމަކީ އޭނާ ކުޑައިރު އާއިލާއަށް ދިމާވި ކަންތައްތަކަށް އަލި އަޅުވާލައިގެން ލިޔެފައިވާ ވާހަކައެކެވެ.

އިޓް އެންޑްސް ވިތު އަސްގައި އަލި އަޅުވާލާނީ ކޮލެޖަށް ދާ ޒުވާނެއް ކަމަށްވާ ލިލީގެ ހަޔާތަށެވެ. ލިލީއަށް ރައިލް ނަމަކަށް ކިޔާ ޒުވާނަކާ ދިމާވެ ދެމީހުންގެ ތެރޭގައި ގުޅުން އުފެދޭ ހިސާބުން މާޒީން މީހަކު އައިސް ދެމީހުންގެ ގުޅުމަށް އޭގެ އަސަރު ކުރާ ގޮތް ވާހަކައިން ކިޔައިދެއެވެ.

comment ކޮމެންޓް