ލ. ގަމުގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި

ލ. ގަމުގެ މަސައްކަތްތަށް ކުރުމަށް އާރްޑީސީއާ ހަވާލުކުރުމުގެ ތެރެއިން

ލ. ގަމުގެ މަގުތަކުގައި ތާރުއަޅަން ޕްލޭނިން މިނިސްޓްރީ އިން ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކުއެވެ.

މި މަޝްރޫއުގެ ދަށުން 4.5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން އެ މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް އަދި މަގު ބައްތި ޖަހާނެއެވެ.

މިއީ 20 މަސް ދުވަހުގެ ތެރޭގައި ނިންމާ ޕްލޭނިން މިނިސްޓްރީ އާ ހަވާލުކުރަން ޖެހޭ މަސައްކަތެކެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 104 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ.

އާރްޑީން އަންނަނީ މާލެ އާއި އަތޮޅުތަކުގެ އެކި ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް