ސުލޫކީ މައްސަލައިގެ އަޑު އެހުން ހުޅުވައިލައިގެން ކުރިއަށްގެންދަން މަހާޒު އެދިވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒް އަލީ ޒާހިރު އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަަން ނިންމައިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ހުޅުވައިލައިގެން ކުރިއަށް ގެންދަން މަހާޒު އެދިވަޑައިގެންފިއެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދަން މަހާޒު އެދިވަޑައިގެންފައިވާކަމަށެވެ.

އެހެންނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ އެ މައްސަލަ ބަލާ ކޮމިޓީންކަމަށް އިޒްމީރާ ވިދާޅުވިއެވެ.

"ފުރަތަަމަ ބޭއްވޭ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީން ގޮތެއް ނިންމާނެ. ލަފާކުރެވޭނީ ކުރިއަށް އޮތް ހަފުތާތެރޭ ކޮމިޓީ ބައްދަލުވުމެއް ބާއްވާނެކަމަށް،" އޭނާ ވިދާޅުވިއެވެ.

މަހާޒްގެ މައްޗަށް ހުށަހަޅައިފައިވާ ސުލޫކީ މައްސަލައަކީ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ސަޕޯޓަރެއްގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ބަލާ މައްސަލައެކެެވެ.

އެނގިފައިވާ ގޮތުގައި މަހާޒާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ, ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމުމުން އެމަނިކުފާނުގެ ސަޕޯޓަރެއްގެ ފަރާތުން ފޮނުވި ފަރިއްކޮޅެއް ބައްލަވައިގެންފައިވާ ކަމަށް ތުހުމަރު ކުރާ މައްސަލައެކެވެ.

https://www.sun.mv/171182

ނަމަވެސް އެ ފަރިއްކޮޅަށް ޚަރަދު ކުރެއްވީ އަމިއްލައަށް ކަމަށް މަހާޒުވަނީ ވިދާޅުވެފައެވެ.

އެެހެންނަމަވެސް އެ ފަރިއްކޮޅުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ޖޭއެސްސީން ބުނެއެވެ.

comment ކޮމެންޓް