''ދެޓް ސެވެންޓީސް ޝޯ'' އަލުން ފަށަނީ!

ނުވަދިހައިގެ ފަހުކޮޅު ނެރުނު އެންމެ މަގުުބޫލު ކޮމެޑީ ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "ދެޓް ސެވެންޓީސް ޝޯ"ގެ އޮރިޖިނަލް ކާސްޓާއެކު އަލުން ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

ސީކުއަލްއެއްގެ ގޮތުގައި އެ ޝޯ އަލުން ފެށުމަށް ހަމަޖެހިފައިވާއިރު އެ ޝޯގެ ފުރަތަމަ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ. ނެޓްފްލިކްސް އިން އެ ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު އާ ޓްރެއިލާއިން ކުރީގެ ކާސްޓުގެ އިތުރުން އާ ކާސްޓުން ފެނެއެވެ.

ޖުމްލައަށް ސީޒަނަށް ދެއްކި އެ ޝޯ ފަށާފައިވަނީ 1998 ވަނަ އަހަރުގައެވެ. އަލަށް އެ ޝޯ ސީކުއެލް ދައްކަން ފަށާއިރު އެ ޝޯއަށް ކިޔާނީ "ދެޓް ނައިންޓީސް ޝޯ"އެވެ.

އަލަށް ދެއްކި ޓްރެއިލާގައި އޮރިޖިނަލް ކާސްޓުން ކަމަށްވާ ޑެބްރާ ޖޯ ރަޕްގެ އިތުރުން ކާޓްވުޑް ސްމިތު ވެސް ފެނިގެން ގޮސްފައިވެއެވެ. އަދި ޓްރެއިލާއިން ފެނިގެން ދާގޮތުގައި އޮރިޖިނަލް ޝޯގެ މޫޑު މި ޝޯއިން ވެސް ދައްކައިދޭނެއެވެ.

އޮރިޖިނަލް ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ މިހާރު އޭލިސްޓު ތަރިން ކަމަށްވާ މީލާ ކޫނިސް އާއި އެޝްޓަން ކުޗާގެ އިތުރުން ވިލްމާ ވެންޑަރާމާ ހިމެނެއެވެ. ވާހަކަ ދެކެވޭ ގޮތުގައި މި ހުރިހާ އެކްޓަރުން ވެސް ވަނީ އާ ޝޯގައި ގެސްޓު ކެރެކްޓަރުންގެ ގޮތުގައި ފެނިގެން ދިޔުމަށް ހަމަޖެހިފައެވެ. ނަމަވެސް މި ވާހަކަ އަދި ޕްރޮޑަކްޝަނުން ކަަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި ޝޯ ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 19 އިން ފެށިގެންނެވެ.

comment ކޮމެންޓް