އެޑްވަޓޯރިއަލް: ރައްޔިތުންގެ އެކުވެރިޔާ: އެމްޓީސީސީ!

ރައްޔިތުންގެ އެކުވެރިޔާއޭ ބުނުމުން ތިޔަ ބޭފުޅުންގެ ހަނދާނުގެ ދުރުމި ދަތުރުކުރާނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭ އެމްޓީސީސީން ދިވެހި މުޖުތަމަޢުއަށް ދޫކޮށްލި އަސަރުން ފުރިގެންވާ ކުރު ފިލްމަކަށް ކަން އަޅުގަނޑަށް ޔަޤީނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކަށް ދެވަނަ ފުރުޞަތެއް ކުންފުނިން ފަހިކޮށްދީ އެމީހާގެ ދިރިއުޅުން ބަދަލުކޮށްލި ގޮތުގެ ޢިބްރަތްތެރި ވާހަކައެވެ. މިއަދު އަޅުގަނޑު ދައްކަން މިއުޅެނީ އެ ކުރު ފިލްމްގައި ފެންނަފަދަ މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ގޮތް ހުސްވެފައިވާ އެތައް ބަޔަކަށް އުއްމީދުގެ ހުޅުކޮޅު ދިއްލާލަ ދޭން ޤާއިމުކޮށްފައިވާ ހުޅުމާލޭ ހާފްވޭ ހައުސްގެ ވާހަކައެވެ. އާދެ! މިއަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭ ހާފްވޭ ހައުސް ގެ އައު ބްލޮކް ވަނީ ހުޅުވާފައެވެ. ހުޅުމާލޭ ހާފްވޭ ހައުސް މަރާމާތުކުރުމާއި އައު ބޮލޮކް އިމާރާތްކުރުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ނިންމާފައިވާ މަޝްރޫޢެކެވެ. އެކަން އެކުންފުނިން ފާހަގަ ކުރަނީ ފަޚްރުވެރިކަމާއެކުއެވެ.

ހާފްވޭ ހައުސްގެ އައު ބްލޮކް އިފްތިތާޙްކުރުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ އިމާދު ޞާލިހު ވިދާޅުވެފައިވަނީ އެ ރަސްމިއްޔާތަކީ އެމްޓީސީސީއާއި އެންޑީއޭއާއި ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ހަފްލާއެއްކަމަށެވެ. އަދި އެމްޓީސީސީގެ ފަރާތުން ހާފްވޭ ހައުސްގެ އައު އިމާރާތް އަޅުއްވާދެއްވާ، ކުރީގެ އިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތް ކޮށްދެއްވާ، އެންޑީއޭއަށް ހާފްވޭ ހައުސްގައި އައު ޚިދުމަތްތަކެއް ފެށުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވި ކަމަށްޓަކައި އެމްޓީސީސީގެ މެނޭޖްމަންޓް އަދި ސީއީއޯއަށް ޝުކުރު ދަންނަވާކަމަށެވެ.

އަދި މި މަޝްރޫއު އަވަހަށް ނިމިފައިމިވަނީ އެމްޓީސީސީއިން މިކަމަށް ބެހެއްޓެވި ގާތްކަމާއި، އަހަންމިޔަތާއި އަދި ކޮށްދެއްވި ދީލަތި އެހީތެރިކަމުގެ ސަބަބުންކަންވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ އެހީގައި ކޮމްޕިރިހެންސިވް އެވިޑެންސް ބޭސްޑް ދިރާސާތަކެއް ކުރެވިފައިވާތީ، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތުއޮތްގޮތް ރަނގަޅަށް ވަޒަންކުރެވި މިކަމާ ދެކޮޅަށް އަޅަންވީ ފިޔަވަޅުތަކާއި، ދާންވީ މިސްރާބު ދައްކުވައިދޭ ރަނގަޅު މަގުޗާޓެއް އެކުލަވާލެވިފައިވާކަމަށް އިމާދުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އަދި މި އަމާޒަށް ދިޔުމަށް ސަރުކާރުގެ ވުޒާރާތާކާއި، މުއައްސަސާތަކާއި، އެމްޓީސީސީ ފަދަ ކުންފުނިތަކާއި އަދި މަދަނީ ޖަމިއްޔާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް އިމާދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި ރައީސް އޮފީހުގެ މިނިސްޓަރ ޑރ. މުސްތަފާ ލުތުފީގެ ވާހަކަފުޅުގައި ހާފްވޭ ހައުސް ތަރައްޤީކުރެވިގެން ދިޔުމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ރައްޔިތުންތަކެއް އެކަމުން ސަލާމަތްކޮށް ފަރުވާދިނުމަށްފަހު އަނބުރާ މުޖްތަމަޢުއަށް ނެރުމަށްޓަކައި ކުރެވިފައިވާ ވަރަށްވެސް މުޙިންމު މަސައްކަތެއްކަން ވަނީ ފާހަގަކޮށްފައެވެ.

ޤައުމު ބިނާކުރުމުގައި މުހިއްމު ޒިންމާތަކެއް އަދާކުރާ އެމްޓީސީސީން ރައްޔިތުންނަށްޓަކައި ހިލޭ ސާބަހަށް ކޮށްދޭ އެއްމެ މުހިއްމު ކަމަކީ މުޖުތަމަޢުއަށް ޙިދުމަތް ކުރުމެވެ. މަޤްޞަދަކީ ޤައުމެކޭ އެއްވަރަށް މުޖްތަމަޢު އަދި އެ މުޖްތަމަޢުއެއްގެ އަފްރާދުންވެސް ބިނާކުރުމެވެ. އެގޮތުން މުޖުތަމަޢުގެ ކަންކަމަށް ޙިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަޤާފަތުގައި ހިމެނޭ ކަމެކެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް އެކަމަށް ހެކިދެއެވެ. އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 އިން 2022 އާއި ހަމައަށް މިހާތަނަށް 835 މަސައްކަތެއް އިޖްތިމާޢީ ޒިންމާގެ ދަށުން 101 ރަށަކަށް ވަނީ ކޮށްދީފައެވެ.

ހުޅުމާލޭ ހާފްވޭ ހައުސް ރެނޮވޭޓް ކުރުމުގެ މަޝްރޫޢުވެސް ވަދެގެން ދަނީ މިދެންނެވި ތަފާސް ހިސާބުތަކުގެ ތެރެއަށެވެ. މި މަޝްރޫޢުގެ ދަށުން، އަންހެނުންނާއި ފިރިހެނުންނަށް ވަކި ބްލޮކްތައް ޤާއިމުކުރުމާއި، އޮފީސް އިމާރާތް ކްލެޑް ކުރުމާއި، މެސް ރޫމަކާއި ނަމާދު ކުރާ ކޮޓަރިއެއް ޤާއިމުކުރުން ހިމެނެއެވެ. ގަލަމުގެ ތުނޑު ހިންގާލެވެނީ ތަފާސް ހިސާބާއި ޢިމާރާތެއް ރެނޮވޭޓް ކުރާ ހަމައިން ކަމަށްވިޔަސް، މި ދަންނަވަނީ މިއަށްވުރެ މާނަފުން ވާހަކަތަކެކެވެ. ދިވެހިރާއްޖޭގައި މިވަގުތު ފެތުރިފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ މަސްތުވާތަކެތީގެ ވަބާއެވެ. އެތައް މައިންބަފައިންނެއް މިއަދު ކަރުނަ އަޅަނީ މިވަބާގައި ޢަރަޤުވެފައިފާ އެބައިމީހުންގެ ދަރީންގެ ހައްޤުގައެވެ.

އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ރާއްޖެ ކަރުނަ އަޅަނީ ޤައުމަށް ޙިދުމަތް ކޮށްދޭން ތިބި އެތަކެއް ދަރިންތަކެއް ނެތި ގެއްލިފައިވާތީއެވެ. މި ވަބާގައި ޖީލެއް ނެތިގޮސްފައިވާތީއެވެ. ޢާއިލާތަކާއި ޤައުމުގެ އުއްމީދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިފާ ދަރިން އެ ވަބާއިން މިންޖުވެ މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި ބަޔަކަށް ވެގެން ދިޔުމެވެ. އެމްޓީސީސީން ޙިއްސާވަނީ އެ އުއްމީދު ފުރިހަމަ ކުރުމުގައެވެ.

ކޮންމެ އުއްމީދެއްވެސް ހަޤީޤަތަކަށް ވެގެން ދަނީ އެ އުއްމީދުތަކުގައި ކުލަޖެއްސުމަށް ބުރަ މަސައްކަތްތަކެއް ކުރެވިގެންނެވެ. އެމްޓީސީސީގެ އުއްމީދު ފުރިހަމަ ކުރަން ހުންގާނުގައި ހުންނެވި މާލިމީއަކީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އާޒިމްއަކީ އިޖުތިމާޢި ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ޙާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. އާޒިމްގެ ތޫނުފިލިކަމާއި ދުރުވިސްނޭ ސިޔާސަތުގެ ދަށުން މުޅި އެމްޓީސީސީގެ ތަސައްވަރު ވަނީ މިއަދު ބަދަލުވެފައެވެ. މިއަދު އެއީ ރައްޔިތުން ބަލއިގަންނަ، ލޯބިވާ އަދި އިތުބާރުކުރާ ކުންފުންޏެކެވެ. ހަމަ ހަގީގަތުގައިވެސް އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުނިގޮތުގައި ދިވެހި ރައްޔިތުންނަށް މިއަދު އިހްސާސްކުރެވެއެވެ. އާޒިމްއާއި އެބޭފުޅާގެ ޓީމްގެ އަމާޒަކީ އެމްޓީސީސީ އަކީ އަބަދުވެސް ރައްޔިތުންނަށް އޯގާތެރި، ހިތްހެޔޮ އަދި ދީލަތި ރައްޔިތުންގެ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރެވިފައިވާ އަގުހުރި މަސައްކަތުގެ ނަތީޖާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ދެއްވާފައިވާ އިރުޝާދަށް ތަބާވުމުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެކަން އެމްޓީސީސީން މިވަނީ ސާބިތުކޮށްދީފައެވެ. އެމްޓީސީސީގެ އުއްމީދަކީ ހުޅުމާލޭ ހާފްވޭ ހައުސްއިން ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނުކުންނަ ފަރާތްތަކަށް ކާމިޔާބު ބާއްޖަވެރި މުސްތަޤްބަލެއް ލިބުމެވެ. އެމްޓީސީސީއަކީ ރައްޔިތުންގެ އެކުވެރިޔާއެވެ! ކާމިޔާބީގެ ބައިވެރިޔާއެވެ!

comment ކޮމެންޓް