ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ޒުވާނަކު ހޯދަން ފަށައިފި

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ، އަމީދު ޢަބްދުﷲ --

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ޒުވާނަކު ފުލުހުން ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލައް، ސިޓީ، ހޯދަޑު، ރޫލް، އަމީދު ޢަބްދުﷲ، 24، އެވެ.

ފުލުހުން ވަނީ އެ މުއައްސަސާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ޢަމީދު ޢަބްދުﷲ އާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ 9911099 ނަމްބަރަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މި ފަހަކަށް އައިސް މާލޭއާއި ހުޅުމާލޭ ސަރަހައްދުގައި ހިންގާ ގްރޫޕް މާރާމާރީގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތައް އިތުރުވާން ފަށާފައިވާ އިރު އެކަމާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް