ގޮވާ އެއްޗެއް އޮތް ކަމަށް ބުނި މީހާގެ ބަންދަށް ހަތް ދުވަސް

ދާދި ފަހުން ފުލުހުން ވަނީ ޓެރަރިޒަމާ ދެކޮޅަށް މާލެ، އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި ވެސް އޮފަރޭޝަނެއް ހިންގާފައި--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދަބަހުގައި ގޮވާ އެއްޗެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން ހައްޔަރު ކުރި މީހާގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ގޮވާ އެއްޗެއް އޮތް ކަމަށް ބުނެގެން ހުކުރު ދުވަހުގެ ރޭ ހުޅުމާލެއިން ހައްޔަރު ކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން އިއްޔެ ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ހުކުރު ދުވަހުގެ ރޭ ވިދާޅުވީ ހުޅުމާލޭ ބީޗް ކްލަބުގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް އެ މީހާ ބުނާ ކަމަށް ބުނެ، އާންމު ފަރާތަކުން ފުލުހަށް ރިޕޯޓުކުރި ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ޗެކްކުރިއިރު އޭނާގެ އަތުން ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ފްލައިޓަށް އެރުމުގެ ކުރިންނާއި ފްލައިޓްގައި އިނދެ މިފަދަ އިންޒާރުތައް ދީގެން ދޭތެރެއަކުން މީހުން ހައްޔަރު ކުރެއެވެ. މިއީ ޓެރަރިޒަމްގެ ދައުވާ އުފުލާ ނުރައްކާތެރި ކުށެކެވެ.

comment ކޮމެންޓް