ވޯލްޑް ކަޕާ ދިމާކޮށް އީ-ޓުކުރީގެ ޚާއްސަ ޕްރޮމޯޝަނެއް، 1000 ޑޮލަރުގެ ގިފްޓް ޕެކެއް

މޯލްޑިވްސް ޕޯސްޓްގެ އޮންލައިން ގަނެ ވިއްކަން ޚާއްސަ ޕްލެޓްފޯމްކަމުގައިވާ އީ-ޓުކުރި އިން ވޯލްޑް ކަޕާ ދިމާކޮށް މީސް މިޑިއާގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވޯލްޑް ކަޕަށް އޮންނަ ފޯރި ގަދަކުރުމުގެ ގޮތުން ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް އެއްޗެއް ބައްލަވައިގަތުމުން ބައިވެރިވެވޭނެއެވެ. އަދި ގިނަ ތަކެތި ބައްލަވާނަމަ މި ޕްރޮމޯޝަންގެ ޚާއްސަ އިނާމު ހޯދުމުގެ ފުރުސަތު ބޮޑުވާނެއެެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެލައްވައިގެން އިނާމު ހޯދުމަށް ކުރައްވަން ޖެހިވަޑައިގަންނަވާނީ ވަރަށް ވެސް ކުޑަ މަސައްކަތެކެވެ.

އެގޮތުން ފުރަތަމަ، އީ-ޓުކުރި ލޯކަލް ނުވަތަ އިންޓަނޭޝަނަލް މެދުވެރިކޮށް އެއްޗެއް ބައްލަވައިގަންނަވާނީއެވެ. ދެވަނަ ކަމަކަށް އީ-ޓުކުރި އިންސްޓަގްރާމް ޕޭޖަށް ލައިކް ކުރައްވާނީއެވެ. އެންމެ ފަހު ކަމަކަށް އީ-ޓުކުރި އިންސްޓަގްރާމް ޕޭޖްގައި އިން ޕޯސްޓަށް ލައިކް ކުރައްވާ އެ ޕޯސްޓް އިންސްޓަގްރާމްގެ ސްޓޯރީގައި ޝެއާ ކުރައްވާނީއެވެ. ޕްރައިވެޓް އެކައުންޓެއް ނަމަ އެ ސްޓޯރީއެއްގެ ސްކްރީންޝޮޓެއް އީ-ޓުކުރި އިންސްޓަގްރާމް ޕޭޖަށް ފޮނުވަންވާނެއެވެ.

އީ-ޓުކުރިން އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ސްކްރީން ޝޮޓެއް

މި ޕްރޮމޯޝަންގެ ދަށުން އެއްވަނަ އަށް ދާ ފަރާތަކަށް 1000 ޑޮލަރަށް ވާ ވަރުގެ ފީފާ ވޯލްޑްކަޕް އޮތެންޓިކް ގިފްޓް ޕެކްއެއް ލިބިވަޑައިގަންނަވާނެއެވެ. މި ޕެކްގެ ތެރޭގައި ހަތަރު އެކި ގައުމެއްގެ އޮތެންޓިން ޖޯޒީތަކާއި ތިން އޮތެންޓިކް އެޑިޑާސް މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބޯޅަ، ރިޙްލަ ބޯޅަ ލިބޭނެއެވެ.

އީ-ޓުކުރިގެ މި ޕްރޮމޯޝަންގައި ބައިވެރިވަޑައިގަންނަވަން ޝައުގުވެރިވާ ބޭފުޅުންނަށް އީ-ޓުކުރިން ވިޔަފާރި ކުރާނެ ގޮތްވެސް އެނގުން މުހިއްމެވެ. އެގޮތުން އީ-ޓުކުރިން ވިޔަފާރި ކުރުމަށް އެންމެ ފުރަތަމަ އީ-ޓުކުރީގައި ރަޖިސްޓަރވެލައްވާށެވެ. ދެވަނަ ކަމަކަށް ގަންނަ މުދާ އިޚްތިޔާރު ކުރުމަށް ފަހު ގަންނަ ފަރާތުގެ ޑެލިވަރީ އެޑްރެސް ހިމަނާލާނީއެވެ. ދެން އޮންލައިން ގޭޓްވޭ މެދުވެރިކޮށް ފައިސާ ދައްކާލާނީއެވެ. މި ހުރިހާ ކަމެއް ނިމުމަށްފަހު މުދާ ލިބެންދެން ޓްރެކްވެސް ކޮށްލެވޭނެއެވެ.

އީ-ޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް އެމެރިކާގެ ނަން މަޝްހޫރު ފިހާރަތަކުން އަދި ސައިޓުތަކުން ބައްލަވައިގަތުމުގެ ފުރުސަތު އޮންނާނެއެވެ. އޭގެ ތެރޭގައި އެމެޒަން އަދި އެޕަލް ހިމެނެއެވެ. އަދި ހަމަ އެހެންމެ އީ-ޓުކުރި މެދުވެރިކޮށް ތަކެތި ބައްލަވައިގަންނަވާ ބޭފުޅުންނަށް 30 އިންސައްތައާ ހަމައަށް ޝިޕިން ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެއްވެސް އީ-ޓުކުރިން ދަނީ ހިންގަމުންނެވެ.

އީ-ޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް އެމެރިކާއިން ތަކެތި ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް https://int.etukuri.mv އަށް ރަޖިސްޓަރކުރައްވައިގެން ތަކެތި ބައްލަވައިގަތުމުގެ ފުރުސަތު އޮންނާނެއެވެ.

comment ކޮމެންޓް