ބާޖާޖް ޕަލްސާ ޕީ150 އިންޑިއާގައި ތައާރަފުކޮށްފި

ބަޖާޖް ޕަލްސާ ޕީ150 -- ފޮޓޯ/ ބަޖާޖް

ސައިކަލާއި ކުރޮޅި އުފައްދަން މަޝްހޫރު އިންޑިއާގެ ކުންފުނި ބަޖާޖް އޮޓޯ އެ ކުންފުނީގެ އާ އުފެއްދުން ކަމަށްވާ، ބަޖާޖް ޕަލްސާ ޕީ150 ތައާރަފުކޮށްފިއެވެ.

އަލަށް ނެރުނު ބަޖާޖް ޕަލްސާ ޕީ150ގެ ދެ ވައްތަރެއް މިހާރު އިންޑިއާގެ ބާޒާރަށް ވަނީ ނެރެފައެވެ. އެއީ ޓްވިން ޑިސްކް ސްޕްލިޓް ސީޓް އާއި ސިންގަލް ޑިސްކް ސިންގަލް ސީޓް ސައިކަލެވެ. އެ ދެ ވައްތަރުގެ ސައިކަލުވެސް ވަނީ ދިއްލީގެ ބަޖާޖް އައުޓްލެޓް ޝޯރޫމްތަކުގައި މިހާރު ވިއްކަން ފަށާފައެވެ.

މި ދެ ވައްތަރުގެ ސައިކަލު ލިބެން ހުންނާނެ ކުލަތަކަކީ ރޭސިން ރެޑް، ކެރިބިއަން ބްލޫ، އިބޮނީ ބްލެކް ރެޑް އާއި އިބޮނީ ބްލެކް ބްލޫ އެވެ.

ޑިޒައިންއަށް ބަލާއިރު، ބަޖާޖް ޕަލްސާ ޕީ150 ގައި އެލްއީޑީ ޓެއިލް ލައިޓާއި، އެލްއީޑީ ޕައިލެޓް ލޭމްޕާއި ބައި ފަންކްޝަނަލް އެލްއީޑީ ޕްރޮޖެކްޓަރު ހެޑްލޭމްޕާއި މޮނޮޝޮކް ރިއާ ސަސްޕެންޝަން ވެސް ހިމެނެއެވެ. އެ ސައިކަލުގެ ސީޓް ހުންނަ އުސްމިނަކީ ބިމުން ފެށިގެން 790 މިލިމީޓަރެވެ.

އިންޖީނަށް ބަލާއިރު، ބަޖާޖް ޕަލްސާ ޕީ150 ގައި ހުންނަނީ 149ސީސީގެ ސިންގަލް ސިލިންޑާ އިންޖީނެކެވެ. އެ ސައިކަލުގެ އިންޖީނަށް 8،500 އާރުޕީއެމްގައި 14.5ބީއެޗްޕީގެ ޕަވަރު ލިބެން ހުރެއެވެ.

އެ ސައިކަލްގެ ބަރުދަނުގައި 140 ކިލޯ ހުންނައިރު، މިއީ ކުރިން ނެރުނު މި ބާވަތުގެ ސައިކަލަށް ވުރެ 10 ކިލޯ ލުއި މިންވަރެކެވެ. އާ ސައިކަލުގައި 14 ލީޓަރުގެ ފިއުލް ޓޭންކް ކެޕޭސިޓީއެއް ހުރެއެވެ.

ބަޖާޖް އޮޓޯ އަކީ ބަޖާޖް ގްރޫޕްގެ ބައެކެވެ. އެއީ 1940ގެ އަހަރުތަކުގައި ރާޖަސްތާނުގައި ޖަމްނާލާލް ބަޖާޖް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ އަގު މިހާރު 13 ބިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް