ވަސީލަތްތައް މަދުވެ، އަމީނީ މަގު ހެދުން އާރްޑީސީން މަޑުޖައްސައިލައިފި

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަމީނީ މަގު ހަދަން ބޭނުންކުރާ ވަސީލަތްތައް މަދުވެ، އެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސައިލަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) ނިންމައިފިއެވެ.

މިއަދު އެ ކުންފުނިން ބުނީ މިހާރަށް އަމީނީ މަގުގެ މަސައްކަތް މަޑުޖެހިފައިވަނީ، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތައް އަޕްގްރޭޑްކުރަން ބޭނުންވާ ވަސީލަތްތައް ލިބިފައިނުވާތީ ކަމަށެވެ.

ހަމައެއާއެކު މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދެވޭ ވަރަށް ވަސީލަތްތައް ލިބެންދެން އެ މަސައްކަތް މަޑު ޖައްސައިލަން ޕްލޭނިން މިނިސްޓްރީން އަންގައިފައިވާކަމަށް ވެސް އާރްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އާރްޑީސީން އަމީނީ މަގު ތަރައްގީކުރަނީ ސެގްމަންޓުތަކަކަށް ބަހައިލައިގެންނެވެ. އެގޮތުން މިހާރު ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ތާރު އަޅާނީ މަގު ދެ ބަޔަކަށް ބަހައިލައިގެންނެވެ. ފުރަތަމަ ތާރު އަޅާނީ ބިލަބޮންގް ސްކޫލާ ހަމައަށް މަގު މަރާމާތުކުރުމަށްފަހެވެ.

މަގުގައި ތާރު އަޅަން ނުފެށި ނަމަވެސް ތާރު އެޅުމާ ހަަމަށް މަގު ނިމޭ މިންވަރަކަށް ވެހިކަލް ދުއްވަން މަގު ހުޅުވާނެކަމަށް އާރްޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ މަގު ހެދުމުގެ ކަންކަން އެ ކުންފުނީގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.

comment ކޮމެންޓް