ރާއްޖޭގެ އެއްވަނަ ޓުއާ އޮޕަރޭޓަރަކަށް ލެޓްސް ގޯ މޯލްޑިވްސް

ރާއްޖޭގެ އެއްވަނަ ލަގްޒަރީ ޓުއާ އޮޕަރޭޓަރު ކަމަށް ހޮވުނު ލެޓްސް ގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް އެވޮޑާ އެކު --- ފޮޓޯ/ ލެޓްސް ގޯ މޯލްޑިވްސް

ސެވަން ސްޓާސް ލަގްޒަރި ހޮސްޕިޓަލިޓީ އެންޑް ލައިފް ސްޓައިލް އެވޯޑުން ހޮވާ ރާއްޖޭގެ އެއްވަނަ ލަގްޒަރީ ޓުއާ އޮޕަރޭޓަރު ކަމަށް ލެޓްސް ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހޮވިއްޖެއެވެ.

ތުރުކީގެ އިސްތަންބުލްގެ ލަޒޮނީ ހޮޓެލްގައި ބޭއްވި ގާލާ ނައިޓްގައި އެ އެވޯޑާ ލެޓްސް ގޯ މޯލްޑިވްސްގެ ފަރާތުން ހަވާލުވެޑައިގެންނެވީ އެކުންފުނީގެ ސީއީއޯ އަދި ފައުންޑާ ކަމުގައިވާ މުހައްމަދު ރިޔާޒްއެވެ.

މި ކާމިޔާބާ ގުޅިގެން ލެޓްސް ގޯ މޯލްޑިވްސް އިން ބުނީ ލެޓްސް ގޯއަށް މި ކާމިޔާބު ހޯދައިދިނުމުގައި ބައިވެރިވި އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މީގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންނާއި، ލަގްޒަރީ ރިސޯޓް ޕާޓްނަރުންނާއި އަދި ކްލަޔަންޓުންގެ ނަން ވަކިން ޚާއްސަކޮށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ލެޓްސް ގޯގެ އުންމީދަކީ އަދިވެސް އެކުންފުނީގެ ފަރާތުން ކްލަޔަންޓުންނާއި އަދި އެހެނިހެން ފަރާތްތަކަށް ދެވޭ ޚިދުމަތްތަށް މިހާރަށްވުރެ ވެސް ރަނގަޅުކޮށް، އެ މީހުންގެ އިތުބާރު އަދިވެސް ދެމެހެއްޓުމެވެ.

2013 ވަނަ އަހަރު ފެށި ސެވަން ސްޓާސް ލަގްޒަރި ހޮސްޕިޓަލިޓީ އެންޑް ލައިފް ސްޓައިލް އެވޯޑަކީ ހޮސްޕިޓަލިޓީ އަދި ލައިފްސްޓައިލްގެ ދާއިރާގެ ކުންފުނިތަކަށް ދެވޭ އެންމެ ގަދަރުވެރި އެއް އެވޯޑެވެ. އެގޮތުން މި އަހަރު ބޭއްވީ އެ އެވޯޑުގެ ހަތް ވަނަ ހަފްލާއެވެ.

comment ކޮމެންޓް