އަލިފާނުގައި މަރުވި އިންޑިއާގެ އަށް މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

މ. ނިރުފެހީގައި ހިންގާ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ޝުއައިބު މުހައްމަދު

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާގެ އަށް މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލާފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އިންޑިއާގެ އަށް މީހުންގެ ހަށިގަނޑުތައް އެގައުމަށް މިހާރު ފޮނުވާލާފައިވާ ކަމަށެވެ.

ފުރަމާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި ފުރަތަމަ ރޯވި ގަރާޖަކީ ހުއްދަ ނެތި ހިންގަމުން އައި ގަރާޖެކެވެ. އެ ގަރާޖުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރު ބޭނުން ކުރުމުގައި އިހުމާލު ވުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް