އެތަކެއް އިނާމުތަކާ އެކު އެސްޓީއޯގެ 'އިޔާ އެންޑް ސޭލް' ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގެ އިޔާ އެންޑް ސޭލް 2022 ފަށައިފިއެވެ. މިއަހަރުގެ މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށެވެ.

މިއީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް އިން ކުރިއަށްގެންދާ އެންމެ ބޮޑު ސޭލްއެވެ. މި ސޭލްގައި 500 ރުފިޔާއަށް ވުރެ މަތީން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ސޭލްއިން އެއްވަނަ އަށް ދާ މީހަކަށް 65 އިންޗީގެ ޓީވީ އަކާއި ސައުންޑް ސްޕީކަރު ސިސްޓަމެއް އަދި ރެފްރިޖަރޭޓަރެއް ލިބޭނެއެވެ. އަދި ދެވަނަ އަށް ދާ މީހަކަށް 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. އެ ގިފްޓް ވައުޗަރު އިން އެސްޓީއޯއިން މުދާ ގަތުމުގެ ފުރުސަތު ލިބޭނެއެވެ. ތިންވަނަ އިނާމަކަށް 5،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.

އެސްޓީއޯގެ އިޔާ އެންޑް ސޭލާ ބެހޭ ގޮތުން އެ ސުޕާމާޓުގެ މެނޭޖަރު އަބްދުﷲ ސައީދު މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ސޭލްގެ ދަށުން ސުޕަމާޓް އަދި އެސްޓީއޯގެ ފިހާރަތަކުން ވިއްކާ މުދާ ތަކުން 80 ޕަސެންޓާ ހަމައަށްވެސް ޑިސްކައުންޓް ލިބޭނެއެވެ.

އެސްޓީއޯގެ އިޔާ އެންޑް ސޭލަކީ އާންމުންގެ ބޮޑު ތަރުޙީބެއް އަބަދުވެސް ލިބޭ ސޭލެކެވެ. މިއަހަރުގެ ސޭލަކީވެސް ކާމިޔާބު ސޭލަކަށް ވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

comment ކޮމެންޓް