ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަސް ސްކޫލެއް އަޅަނީ

ހަތަރު ސްކޫލް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއިކުރި އެއްބަސްވުން ދެ ފަރާތުން ބަދަލުކުރަނީ ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަސް ސްކޫލެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އައިލެންޑާސް އެޑިއުކޭޝަންއާ އެކު އެޗްޑީސީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މެދު ތެރޭގައި ސަރުކާރުގެ ހަތަރު ސްކޫލް އެޅުމަށެވެ. އެ ސްކޫލްތައް ހުންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ އިމާރާތްތަކާ ޖެހިގެންނެވެ.

އައިލެންޑާސްއާ އެކު ސޮއިކުރި އެއްބަސްވުން ދެ ފަރާތުން ބަދަލުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަނީ "ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް"އެވެ. އެ ބައިނަލްއަގުވާމީ ސްކޫލަކީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލް އިން އެކްރެޑިޓް ކޮށްފައިވާ ސްކޫލެކެވެ. އެގޮތުން ތިންކް ސިމްޕަލް ޔޫކޭ އާ ގުޅިގެން އެޅުމަށް ނިންމާފައިވާ އެ ސްކޫލަކީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އަދި ތިމާވެއްޓާ ރައްޓެހި ސްކޫލަކަށް ވާނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން އެ އެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އާތިފެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން އަބްދުއްރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.

މި ފަސް ސްކޫލް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

comment ކޮމެންޓް