ހާފިޒުންގެ އިނާމު 13 ބޭފުޅަކަށް، މަތީ ދަރަޖައިގެ އިނާމް 52 ބޭފުޅަކަށް

ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންގެ ތެރެއިން އެއްވަނަ ދަރަޖައިގެ ފާސް ހޯއްދެއްވި 13 ހާފިޒުންނާއި، މަތީ ދަރަޖަ ހޯއްދެވި 52 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމު ދެއްވައިފިއެވެ.

ގުރުއާން ހިތުދަސްކުރި ހާފިޒުންގެ ތެރެއިން އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒަކަށް އިނާމް ހަވާލުކޮށްދެއްވާފައިވާއިރު، އޭގެތެރޭގައި ބ. ހިތާދުއަށް ނިސްބަތްވާ އުމުރުން ހަ އަހަރުގެ އަމަން އަހުމަދު ހިމެނެއެވެ.

އެއްވަނަ ދަރަޖައިގައި ފާސްވެ އިނާމް ހާސިލް ކުރި ހާފިޒުން

  1. އަލްޙާފިޒާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
  2. އަލްޙާފިޒާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
  3. އަލްޙާފިޒާ ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
  4. އަލްޙާފިޒާ މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު، މާވޭދެ، ޏ. ފުވައްމުލައް
  5. އަލްޙާފިޒާ، ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
  6. އަލްޙާފިޒް، މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ
  7. އަލްޙާފިޒް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
  8. އަލްޙާފިޒާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ
  9. އަލްޙާފިޒް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
  10. އަލްޙާފިޒް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
  11. އަލްޙާފިޒް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
  12. އަލްޙާފިޒާ، މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ
  13. އަލްޙާފިޒް، އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ

މިއަހަރުގެ ގައުމީ އިނާމު ފަސް ހުޅުވާލިއިރު، ޖުމްލަ 52 ބޭފުޅަކު މިއިނާމް ހާސިލްކުރައްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ އެންމެ މަތިން ސަނަދެއް ހާސިލްކޮށް ފާގަކޮށްލެވޭ ކާމީޔާބީއެއް ހޯއްދަވާފައިވާ ނުވަ ބޭފުޅުންނާއި، މަތީ ތައުލީމާއި ތަމްރީންގެ ރޮނގުން އެންމެ މަތީ ވަނައެއް ހާސިލްކޮށްފައިވާ 41 ބޭފުޅަކާއި އަދި އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ އެއް ބޭފުޅަކަށް އިނާމް ދެއްވާފައިވެއެވެ.

މީގެއިތުރުން، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރަށްވުމާއިއެކު، މިއަހަރުގެ ގައުމީ އިނާމުގައި މި ދާއިރާއިން އިނާމު ދިނުމަށްވެސް ނިންމާފައިވާއިރު، އެދާއިރާ ކުރިއަރުވައި، ދަމަހައްޓައި، އިންޤިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ މިއިނާމް ހާސިލްކޮށްފައިވަނީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ކުންފުންޏަށެވެ.

އިނާމު ލިބުނު ހުރިހާ ބޭފުޅުންނަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހެވެ. ގައުމީ އިނާމް ހާސިލްކުރި ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި އެކުލަވާލެއްވި ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

comment ކޮމެންޓް