އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފި

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފިއެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިސައިލްގެ ޕްރޮޖެކްޓައިލް ސްޕީޑާއި، ދަތުރުގެ ދިގުމިނުގެ މައުލޫމާތު ދެކުނު ކޮރެއާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖަޕާނުގެ ސަރުކާރުން ވަނީ އެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ބޭރަށް ވެއްޓުނު މި މިސައިލް ކަނޑަށް ވެއްޓިފައިވާކަން ކަށަވަރުކޮށްފައެވެ.

އުތުރު ކޮރެއާއިން އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސައިލް ޓެސްޓުކުރި އެއް އަހަރަކަށް މި އަހަރު ވެގެންދާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެ ގައުމުން ވަނީ ހެވީ އާޓިލެރީ 30 މިސައިލް ލޯންޗްކޮށްފައެވެ.

ދެކުނު ކޮރެއާގެ އެންމެ ގާތް އެހީތެރިޔާ އެމެރިކާގެ މިޑްޓާމް އިލެކްޝަން ކުރިއަށްދާ މި ދަނޑިވަޅުގައި އުތުރު ކޮރެއާއިން ވަނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއްވެސް ޓެސްޓުކޮށްފައެވެ.

ދެކުނު ކޮރެއާގެ ކަނޑާ ކައިރި ސަރަހައްދަށް ވެއްޓުނު މިސައިލްގެ ބައިތަކެއް އެ ގައުމުގެ ނޭވީ އިން ހޯދާފައިވާއިރު، އެ މިސައިލަކީ ސޯވިއެޓް ދުވަސްވަރުގެ މިސައިލެއްކަން ވަނީ އެނގިގެން ގޮސްފައެވެ.

އުތުރު ކޮރެއާއިން ބޭނުންކުރި ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުގައި އުފެއްދި މި މިސައިލަކީ ސްޓްރެޓީޖިކް ބޮމްބަރުންނާއި ހައި އެލްޓިޓިއުޑް އަމާޒުތަކަށް ޚާއްސަ ޑިފެންސް މިސައިލެކެވެ.

ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ހިންގާ މިލިޓަރީ ޑްރިލްތަކުގެ ސަބަބުން އުތުރު ކޮރެއާ ރުޅިގަދަވަމުން އަންނައިރު، އެ ގައުމުން ވަނީ މިއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

comment ކޮމެންޓް