އެމެރީގެ ފުރަތަމަ މެޗުން އެސްޓަން ވިލާއިން ޔުނައިޓެޑް ލަދުގަންނަވާލައިފި

އެސްޓަންވިލާ އާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ/މެންޗެސްޓަރ އިވެނިންގ

އެސްޓަންވިލާގެ ކޯޗުކަމާއި އުނައި އެމެރީ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އެސްޓަންވިލާގެ ވިލާ ޕާކުގައި ކުޅުނު މިމެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް އެޓީމު ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެސްޓަންވިލާއަށް ގޯލް ހުޅުވާލަދިނީ މެޗު ފަށައިގެން 7 ވަނަ މިނެޓް ތެރޭގައި ބެއިލޭއެވެ. އޭގެ ތިން މިނެޓްފަހުން އެސްޓަންވިލާގެ ޑިގްނޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަކަށް ބަދަލުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ތިން ވަނަ ލަނޑަކީ 45 ވަނަ މިނެޓް ތެރޭގައި އެސްޓަންވިލާގެ ރަމްސޭއަތުން ބައިކޮޅަށްވަތް ލަނޑެކެވެ. އެސްޓަންވިލާގެ ތިން ވަނަ ލަނޑު ޖަހައިދިނީ 49 ވަނަ މިނެޓް ތެރޭގައި ރަމްސޭއެވެ.

މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރުންނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ޓީމްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

މި މެޗަކީ އެސްޓަންވިލާގެ ކޯޗުކަމުގެ މަޤާމާ އުނެއި އެމެރީ ހަވާލުވުމަށްފަހު އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. ސްޕެއިންގެ ވިޔަރެއާލްގައި ހުރުމަށްފަހު އެމެރީ އެސްޓަންވިލާއަށް ބަދަލުވީ މިދިޔަ މަހުގެ ފަހުކޮޅެވެ.

މެޗަށްފަހު އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލުގައި މި ދެޓީމް އުޅޭ ހިސާބަށް ބަލާއިރު 23 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އެސްޓަންވިލާ އުޅެނީ 15 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.

comment ކޮމެންޓް