އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް ސެމީފައިނަލުގެ ޖާގައެއް ޕާކިސްތާން ހޯދައިފި

މެޗުން މޮޅުވުމުން ޕާކިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/އައިސީސީ

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް ކުރިކެޓް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޕާކިސްތާނު ހޯދައިފިއެވެ.

މުބާރާތުގެ ޖާގައެއް ޕާކިސްތާނުން ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ވާދަވެރި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނުމެޗު ފަސް ވިކެޓުން ކާމިޔާބު ކޮށްގެންނެވެ. ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ގަސްތުކުރީ ކުޅުމަށެވެ. ބަންގްލަދޭޝް ކުޅެން އަރައި 20 އޯވަރު ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ.

މި އިނިންގްގައި ބަންގްލަދޭޝް ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 54 ލަނޑު ހެދި ނަޖުމުލް ހޮސައިންއެވެ. މެޗުގައި ދެން އެންމެ ގިނައިން އެޓީމަށް ލަނޑުތައް ހަދާފައިވަނީ 24 ލަނޑު ހެދި އަފީފާއި 20 ލަނޑު ހެދި ސޯމްޔާއެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރާ ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 128 ލަނޑު ހަދާފައެވެ. ޕާކިސްތާނަށް އެންމެ ގިނަ ލަނޑު ހަދާފައިވަނީ 32 ލަނޑު ހެދި މުހައްމަދު ރިޒްވާނާއި، 31 ލަނޑުހެދި މުހައްމަދު ހާރިސްގެ އިތުރުން 25 ލަނޑު ހެދި ބާބާ އަޒަމެވެ.

ސެމީފައިނަލުގައި ޕާކިސްތާން ނިކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. ސިޑްނީގެ ކްރިކެޓް ގްރައުންޑުގައި މިމެޗް ކުޅުމަށް ތާވަލްކޮށްފައި ވަނީ އަންނަ ބުދަ ދުވަހެވެ.

comment ކޮމެންޓް