ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާފުޅިތައް --- ފޮޓޯ/ ފުލުހުން

ފަސްދޮޅަސް ހަތަރު ފުޅި ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުުލުހުން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި ބަނގުރާ ފެނުނީ އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

އެ މައްސަލަ މިހާރު ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ހަމަޖެހިފައިވާ އުސޫލުގައިވާގޮތުން ބަނގުރާ ގެންގުޅެވެނީ ހަމައެކަނި ރިސޯޓްތަކުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުމަކީ މަނާކަމެކެވެ. ނަމަވެސް މާލޭގައި ފުލުހުންނަށް ސިއްރުން ބަނގުރާ ގެންގުޅުމަކީ އާންމު ކަމެކެވެ. މީގެކުރިން ވެސް އެތައް ފަހަރަކު ފުލުހުން ވަނީ މާލެއިން ބަނގުރާ ފުޅިތަކެއް ހޯދައި އެކަމުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް